logo
އއ.މާޅޮހުގައި ތަރައްގީކުރި ބީއެމްއެލް އޭޓީއެމް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވަނީ

އއ.މާޅޮހުގައި ތަރައްގީކުރި ބީއެމްއެލް އޭޓީއެމް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވަނީ

ރާއްޖޭގެ އެކިކަންކޮޅުތަކުގައި 70 ޑލަރު އޭޓީއެމް ބަހައްޓަނީ

profile

ރިޟްވާން މޫސާ - 31 ޖެނުއަރީ 2026 - 11:42

ރާއްޖޭގެ އެކިކަންކޮޅުތަކުގައި 70 ޑލަރު އޭޓީއެމް ބަހައްޓަން ބެންކް އޮފް މޯލްޑިވްސް އިން ނިންމައިފި އެވެ.

https://wamco.com.mv/

ދ.ކުޑަހުވަދޫގައި ބެންކް އޮފް މޯލްޑިވްސް އިން އަލަށް ގާއިމުކުރި ބްރާންޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވަނީ ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 70 ވަރަކަށް ޑޮލަރު އޭޓީއެމް ތައް ގާއިމުކުރަން ނިންމާފައިވާކަން ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދެމަހެއްހައި ދުވަހުގެ ތެރޭގައި ބީއެމްއެލްގެ އިތުރު 12 ބްރާންޗެއްގެ މަސައްކަތް ނިންމައި ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށްވެސް މިނިސްޓރަުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވެވި އެވެ.

ބީއެމްއެލްގެ މަސައްކަތްތައް ވަގުތަށް ނިމޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ބެންކް އޮފް މޯލްޑިވްސް އަށް އިތުބާރު އެބައޮތް ކަމަށެވެ. ވަޒީރު ވަނީ ބޭންކުގެ މާލީ ހިސާބުތަކަށް ބައްލަވައި 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 828 މިލިއަން ރުފިޔާ ލިބިފައިވާކަންވެސް ހާމަކުރައްވާފަ އެެވެ.

ސަރުކާރަކީ ބޭންކުގެ މައި ހިއްސާދާރުކަމަށް ވުމާއެކު، ބޭންކުގެ މި ކާމިޔާބީއަކީ ހަރުދަނާ މާލީ މެނޭޖްމަންޓެއްގެ ނަތީޖާ ކަމަށާއި، މިއީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޑަހުވަދޫގައި އަލަށް ބިނާކުރެވުނު މި ބްރާންޗަކީ ކުރިން އެ ރަށުގައި ހުރި ބްރާންޗުގެ ބަދަލުގައި، ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ދިނުމަށް ހުޅުވުނު ތަނެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay