logo

އެމްއޭސީއެލް އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮްގްރާމެއް ހިންގައިފި

profile

ރިޟްވާން މޫސާ - 31 ޖެނުއަރީ 2026 - 18:26

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލް އިން އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ

https://wamco.com.mv/

ހުޅުލޭގައި ހުންނަ އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރު (އޭއާރުސީ)ގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ކޭމްޕަކީ އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ކޭމްޕް ފައްޓަވައިދެއްވީ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދުއެވެ. މި ރަސްމިއްޔާތުގައި އެމްބީއެސްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސް އޮފިޝަލުންނާއި ސްޓޭކްހޯލްޑަރުންގެ ފަރާތުން ބައިވެރިވެފައިވެއެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ކޭމްޕް ކުރިއަށް ގެންދަނީ މުޅި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ހުޅުވާލައިގެންނެވެ. މީގެ މަގުސަދަކީ ލޭ ލިބުން ދަތިވެ, އެމްބީއެސް އިން އާންމުންގެ އެހީތެރިކަމަށް އެދިފައިވާތީ އާއި ކޮންމެ އަހަރެއްގެވެސް ރޯދަމަހު ލޭ ލިބުން ދަތިވާތީ އެކަމަށް އެހީތެރިވުމުގެ ގޮތުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay