
އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ
މަޝްވަރާ ކުރަން ތައްޔާރު! ބިރެއް ނުދެއްކޭނެ: އީރާނު

ރިޟްވާން މޫސާ - 31 ޖެނުއަރީ 2026 - 12:06
އީރާނުން އެމެރިކާ އާއެކު މަޝްވަރާތައް ކުރަން ތައްޔާރަށް އޮތް ކަމަށާއި، މަޝްވަރާތައް ކުރުމުގެ ގޮތުން ބިރު ނުދެއްކޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ހާމަކުރައްވައިފިއެވެ.
އީރާނުން މިފަދައިން ބުނެފައި މިވަނީ މަޝްވަރާގެ މޭޒަށް އައުމަށް އެމެރިކާއިން އީރާނަށް ދީފައިވާ ދައުވަތު ގަބޫލު ނުކޮށްފިނަމަ އީރާނުގެ ނިއުކުލިއާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާއިން އީރާނަށް އިންޒާރު ދީފައިވާތީ އެވެ.
އެމެރިކާގެ މި ބަހުގެ އިންޒާރާއި ގުޅިގެން އެންމެ ފުރަތަމަވެސް ރައްދެއް ދީފައިވަނީ އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޚަމަނާއީ އެވެ. ރޫހީ ލީޑަރު ވަނީ އެމެރިކާދެކެ ކުޑަކޮށްވެސް ޖެހިލުން ނުވާ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ އެމެރިކާއަށާއި ޔަހޫދީންނަށާއި ދެ ބައި މީހުންނަށް ވާގިވެރިވާ ޤައުމުތަކަށް ރައްދުގައި ޙަމަލާ ދިނުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށެވެ.
ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އީރާން ކައިރިއަށް ފޮނުވާފައެވެ. އަދި، އިތުރު މަނަވަރުތައް އީރާން ކައިރިއަށް ދަތުރު ކުރަމުންދާ ކަން އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން ވަނީ ހާމަކޮށްފައެވެ.
ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޓްރަމްޕްގެ ދަޢުވަތަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޢަރާޤިޖީ ވިދާޅުވީ، އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް އީރާނުން ވެސް ތައްޔާރަށް އޮތް ކަމުގައެވެ. ނަމަވެސް، އެ މަޝްވަރާތައް ބާއްވަން ޖެހޭނީ "އިންސާފުވެރި އަދި ހަމަހަމަ" މިންގަނޑުތަކެއްގެ ތެރެއިން ކަމުގައި އޭނާ ވިދާޅުވިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރު، ޢައްބާސް ޢަރާޤްޗީ ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނާ ދެކޮޅަށް އެއްވެސް ވަރަކަށް ބާރު ދައްކައިފި ނަމަ އެ ކަމަށް ވަރުގަދަ ރައްދެއް ވަގުތުން ދިނުމަށް އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ތައްޔާރަށް އޮތް ކަމަށެވެ.
އީރާނުން ބުނެފައި ވަނީ މިފަދަ އެއްބަސްވުމަކަށް އައުމަށް ބިރު ދެއްކުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފަދަ އެއްބަސްވުމަކުން ޞުލްޙަވެރި ނިއުކްލިޔަރ މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމަށް އީރާނަށް ލިބިފައިވާ ހައްޤު ކަށަވަރުވާން ޖެހޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްއޭސީއެލް އިން ލޭ ހަދިޔާ ކުރުމުގެ ޕްރޮްގްރާމެއް ހިންގައިފި
14 ގަޑިއިރު ކުރިން
.jpg&w=3840&q=75)
ހިޔާ ޓަވަރު އަލިފާނުގެ ހާދިސާ: 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި
21 ގަޑިއިރު ކުރިން

ރާއްޖޭގެ އެކިކަންކޮޅުތަކުގައި 70 ޑލަރު އޭޓީއެމް ބަހައްޓަނީ
21 ގަޑިއިރު ކުރިން

ބެންކް އޮފް މޯލްޑިވްސްގެ މާލީ ނަތީޖާއަށް ވަޒީރުގެ ތައުރީފް
ދުވަހެއް ކުރިން


