logo

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުފުލިއްޖެ

profile

ރިޟްވާން މޫސާ - 08 މާރިޗު 2026 - 08:05

މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 70 ރުފިޔާއަށް އުފުލިއްޖެއެވެ.

https://wamco.com.mv/

ރޯދަ މަހާއި ދިމާކޮށް މާލޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުން ދިޔަސް މި ރަމަޝޯން މަހުގައި މައިގަނޑު ގޮތެއްގައި ތަކެތީގެ އަގު ހަމަ އެވަރުޖު ގޮތެއްގައި އެއްވަރަކަށް ހިފެހެއްޓިފައި ހުރިކަން ފާހަގފަ ކުރެވެ އެވެ.

އާންމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ބާވަތްތައް ވެސް އެސްޓީއޯ އިން ވަނީ އަގުހެޔޮކޮށްދީފަ އެވެ. އެހެން ނަމަވެސް ބާޒާރުގައި ލުނބޯ ކިލޯއެއް ވިއްކާ އަގު މިވަނީ އުފުލިފަ އެވެ. އާންމުކޮށް 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ވިއްކާ ލުނބޯގެ އަގު މިހާ ބޮޑަށް އުފުލިފައިވަނީ ރޯދަ މަހާ ދިމާކޮށެވެ.

މި ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ލުނބޯ ކިލޯއެއް ވިއްކަމުން ދިޔައީ 60 ރުފިޔާއަށެވެ. ނަމަވެސް މިއަދު ބާޒާރުގައި ލުނބޯ ކިލޯއެއް ހުރީ 65 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ރޯދަ މަހަކީ އާންމުކޮށް ލުނބޯގެ ޑިމާންޑު ބޮޑުވެ، އަގު އުފުލޭ މަހެކެވެ.

ބާޒާރުގައި ލިބެން ހުރި އެހެނިހެން ތަކެތީގެ އަގުތަކަށް ބަލާއިރު، ދިވެހިންގެ ތެރޭގައި މަގުބޫލު ކަނޑޫދޫ މިރުސް ކިލޯއެއް މިހާރު އުޅެނީ 330 ރުފިޔާއާއި 380 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން ފަޅޯ ކިލޯއެއް 50 ރުފިޔާއަށް ހުރިއިރު، ޕެޝަން ފުރުޓު ކިލޯއެއް ވިއްކަނީ 120 ރުފިޔާއަށެވެ. އަދި ދޮންކެޔޮ ކިލޯއެއް އުޅެނީ 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައެވެ.

ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ރަތް ކަރާ ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުރިއިރު، އަލަނާސި ކަރާ ކިލޯއެއްގެ އަގަކީ 35 ރުފިޔާއެވެ. ހަމައެހެންމެ މެލަން ކިލޯއެއް 55 ރުފިޔާއަށް ހުރިއިރު، އަލަނާސިއެއް ވިއްކަނީ 60 ރުފިޔާއަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk