logo

މިއީ ހަރަދުކުޑަކޮށް ކަމަރުބަނދެ މުއްބާރުކުރަންވީ ވަގުތު: ރައީސް ނަޝީދު

profile

މުޙައްމަދު ފަޟްލޫން - 21 ޖުލައި 2026 - 17:38

މިއީ ހަރަދުކުޑަކޮށް ކަމަރުބަނދެ މުއްބާރުކުރަންވީ ވަގުތު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ހަރަދުތައް މިއަދު އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

މިއަދު ސަރުކާރުން ރައްޔިތުންނަށް ހަރަދު ކުޑަކުރަން ބުނެނުދޭކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިއަދު ރައްޔިތުން ހަރަދުތައް ކުޑަކުރަންޖެހޭ ކަމަށެވެ.

ސަރުކާރާއި ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ނަތީޖާއަކީ މިއަދު ގައުމުގެ ރިޒާވް ހުސްވެގެންދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނަކީ ނުބައި ހަބަރު ފަތުރާ ބޭފުޅަކަށް އަދި ހަގީގަތަކާއި ނުލާ ކަންކަން އިތުރުކޮށްގެން ނެތް މިންވަރަށް ވާހަކަ ދައްކަވާ ބޭފުޅެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖެ މިއޮތީ ވަރަށް ނުރައްކާތެރި މާލީ ފައްތަރެެއްގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް މިއަދު ރާއްޖޭގެ މާލީ ހާލަތު ސާފުވާންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ދިވެހިރާއްޖޭގެ މާލީ ހާލަތު ދަށްވެގެންދާ ދިއުމަށް ސަރުކާރަށް ރައްޔިތުންނަށް ހައްލެއް ހޯދައިނުދެވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވުމާއެކު އެކަމުގެ ހައްލު ހޯދަން ރައްޔިތުން ވިސްނައި އެކަމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަރަދުތައް ކުޑަކޮށް އަތުގައި ހުރިއެއްޗެއް ފޮރުވައި އިސްރާފުނުކުރަން ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ކުރަން އޮތް ކަމެއް ނުކޮށް މާދަމާއަށް ފަސްކޮށްލަން ރައީސް ނަޝީދުރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk