logo
ރައީސް މުޙައްމަދު ނަޝީދު އަސްލުޓީވީގެ ބާބު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަނީ

ރައީސް މުޙައްމަދު ނަޝީދު އަސްލުޓީވީގެ ބާބު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަނީ

ދަރަނި ދެއްކީ ރައްޔިތުން ބެންކަށް ލާފައި ހުރި ފައިސާ ވެސް ބޭނުންކޮށްގެން: ރައީސް ނަޝީދު

profile

ރިޟްވާން މޫސާ - 21 ޖުލައި 2026 - 18:57

މި ސަރުކާރުން ސުކޫކު ނުވަތަ ދަރަނި ދައްކާފައި ވަނީ ޔޫސަބަލް ރިޒާވް އާއެކު ރައްޔިތުން ބޭންކަށް ލާފަ ހުރި ފައިސާ ވެސް ބޭނުންކޮށްގެން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

https://wamco.com.mv/

"އަސްލުޓީވީ" ބާބު ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ލޯނު ދެއްކޭނީ ޔޫސަބަލް ރިޒާވް އިން ކަމަށާއި، ގްރޮސް ރިޒާވުން ދައްކައިފި ކަމަށްވާނަމަ އެ ދެއްކެނީ މީހުން ބޭންކުގަ ބަހައްޓާފައިހުރި ފައިސާއިން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިގުތިސާދީ ދާއިރާ މުތޯލިއާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެލައްވާ ގޮތުގައި ގްރޮސް ރިޒާވުގެ ތެރެއިން ބައެއް ނަގައިގެން ދަރަނި އަދާކޮށްފައިވާ ކަމަށެވެ.

ތަފްސީލީ ގޮތެއްގައި އެމަނިކުފާނު ވިދާޅުވެލެއްވެވީ ބައެއް ބޭފުޅުންގެ ޑޮލަރު އެކައުންޓުގައި ހުރި ފައިސާ ވެސް ނަގަން އެދުނީމަ ނެގޯޝިއޭޝަނެއް އެކަމުގައި ބެންކުން ގެންގުޅުއްވުމާއި، އެ ފައިސާގެ މުއާމަލާތްތަކުގައި ލަސްވުމާއި ފަސްވުން ހިމެނުމުން އެކަންކަން އެނގިގެން ދާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޑޮލަރުގެ މައްސަލަ އަށް ހައްލުގެނައުމަށް ވާހަކަ ދައްކަވަމުން އަންނަ އިރު ގައުމުގައި ޑޮލަރު ނެތީ ކަމަށާއި، ގައުމުގައި ބޭރުފައިސާ ވެސް ނެތީކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ގައުމުގައި ދައުރުވާން ހުރި ބޭރު ފައިސާ އާއި ޑޮލަރު އަޅުގަނޑުމެންގެ ބޭނުންތަކަށް ބޭނުންކުރުމުގެ ސަބަބުން މިއަދު ހުސްވެފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު ސުވާލުކުރަން ޖެހެނީ ދަރަނީ އުފެއްދީ ކޮން ބައެއްތޯ ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދަރަނި އުފައްދާފައިވަނީ އެކިއެކި ސަރުކާރުތަކުން ކަމަށެވެ. އެގޮތުން ސަނީ ސައިޑް ބޮންޑު އަދި ސުކޫކު ބޮންޑު ފަދަ ބޮންޑުތަކުން ފައިސާ ދަރަންޏަށް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެދަރަނި ދައްކައި ހަލާސް ކުރުމުގައި ފައިސާ ސަރުކާރުގައި ނެތުމުން ޑޮލަރުގެ ދަތި ކަމާއި، ފައިސާ ލިބުން ދަތިވެ އަތްމަތި ދަތިވެގެންދާ ކަމުގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތު ރަގަޅު ކުރުމަށްޓަކައި ދަރަނީގެ އަލުން އެކުލަވާލުން ނޫން ގޮތެއް ނެތް ކަމަށާއި، އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk