
ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފި

ރިޟްވާން މޫސާ - 22 ޖުލައި 2026 - 07:45
ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ސާކިއުލާއެއްގައި ބުނީ ޕާމަނަންޓް ސެކްރެޓަރީންނާއި، ސެކްރެޓަރީ ޖެނެރަލުންގެ މުސާރައާއި އިނާޔަތްތަކަށާއި، އައިޓީ ދާއިރާގެ 3 ޖޮބް މެޓްރިކްސްއެއްގެ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.
މީގެ އިތުރަށް އައިސީޓީ އޮޕަރޭޝަން އެންޑް ޔޫސާ ސަޕޯޓް ޓެކްނީޝަންގެ ޖޮބް މެޓްރިކްސް އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މެނޭޖަރުންގެ ޖޮބް މެޓްރިކްސް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖޯ އެނަލިސްޓުންގެ ޖޮބް މެޓްރިކްސްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވެސް ބަދަލު ގެނެސްފައިވާކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.
ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މަގާމުތަކުގެ މުސާރައާއި އިނާޔަތްތަކަށް ގެންނަ ބަދަލު:
- ޕާމަނަންޓް ސެކްރެޓަރީ ރޭންކް 17 - އަސާސީ މުސާރަ އަށް 23،935 ރުފިޔާ އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 23،065 ރުފިޔާ.
- ސެކްރެޓަރީ ޖެނެރަލް (ސިޓީ ކައުންސިލްތައް) ރޭންކް 17 - އަސާސީ މުސާރައަށް 23،935 ރުފިޔާ އަދި އެގްޒެކްޓިވް އެލަވަންސްއަށް 23،065 ރުފިޔާ.
- ސެކްރެޓަރީ ޖެނެރަލް (ރަށު ކައުންސިލްތައް) ރޭންކް 16 - އަސާސީ މުސާރައަށް 18،000ރުފިޔާ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 6،620ރުފިޔާ.
- ސެކްރެޓަރީ ޖެނަރަލް (ޑިޕްލޮމާ އަދި ތަޖުރިބާ) ރޭންކް 16 - އަސާސީ މުސާރައަށް 10،000ރުފިޔާ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 7،000ރުފިޔާ. އެވެ.
މީގެ ކުރިން ޕާމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް މުސާރައިގެ ގޮތުގައި 53،000 އެއްހާ ރުފިޔާ ލިބެއެވެ.
މި ބަދަލު ގެނައުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ މުސާރަ އާއި އެކުގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ނުލަފާ ޖައްބާރު ނަތަންޔާހޫ ގެ އަނިޔާވެރިކަމުގެ އަމަލުތައްމިހާރުން ހުއްޓާލުމަށް ގޮވާލަން: ނިއުޔޯކް ސިޓީގެ މޭޔަރު
9 ގަޑިއިރު ކުރިން

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
13 ގަޑިއިރު ކުރިން
ބީއެމްއެލް އެޕާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށްޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް!
13 ގަޑިއިރު ކުރިން

އެމްޑީޕީ، އެމްއެންޕީ އަދި އަދާލަތު ޕާޓީއަށް އިލެކްޝަނުން ފިޔަވަޅު އަޅައިފި!
13 ގަޑިއިރު ކުރިން


.gif&w=3840&q=75)