
ނިއުޔޯކް ސިޓީގެ މޭޔަރު ޒޯރާން ކްވާމޭ މަމްދާނީ
ނުލަފާ ޖައްބާރު ނަތަންޔާހޫ ގެ އަނިޔާވެރިކަމުގެ އަމަލުތައްމިހާރުން ހުއްޓާލުމަށް ގޮވާލަން: ނިއުޔޯކް ސިޓީގެ މޭޔަރު

ރިޟްވާން މޫސާ - 22 ޖުލައި 2026 - 11:57
އިސްރާއީލުގެ ބޮޑުވަޒީރު ނުލަފާ ޖައްބާރު ނަތަންޔާހޫގެ ލާއިންސާނީ ހަރުކަށި އަމަލުތައް މިނހިދުން މިނހިދަށް ހުއްޓާލުމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒޯރާން ކްވާމޭ މަމްދާނީ ގޮވާލައްވައިފި އެވެ.
ޒޯރާން އޭނާގެ ފޭސްބްކު ޕޭޖުގައި ރައްޔިތުންނާ ހިއްސާ ކުރެއްވެވި ވީޑިއޯ ޕޯސްޓުގައި ބުނެފައިވަނީ ބެންޖަމިން ނަތަންޔާހޫއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށެވެ.
އަދި ނަތަންޔާހޫ އަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ބިރުވެރި ލާއިންސާނީ ގަތުލުއާންމުގެ މޭސްތިރި ކަމަށެވެ. މީގެ އިތުރުން 73,000 އަށްވުރެ ގިނަ މީހުން މަރާލުމުގެ ޒިންމާ އޭނާ އުފުލަންޖެހޭ ކަމަށާއި، އެތައް ހާސް ކުޑަކުދިންނެއް ވަނީ އުމުރަށް ނުކުޅެދޭ މީހުންނަށް ހަދާލާފައިވާ ކަމަށެވެ.
ޒޯރާންގެ މެސެޖުގައި ވަނީ ފަލަސްތީނުގެ ޖިހާދުގައި ސަލާމަތްވާ ކުދިންގެ ގުނަވަންތައް، ހޭނައްތާނެ އެއްވެސް ވަސީލަތެއް ނެތި ބުރިކުރަން ޖެހުމަކީ އިންސާނިއްޔަތާ ހިލާފު ބޮޑު ޖަރީމާއެއް ކަމަށެވެ.
އަދި އޭނާގެ ރޭވުންތެރިކަމުގެ ދަށުން، ތުއްތު ކުދިންނާއި މާބަނޑު މީހުންނަށް ހާއްސަ ހޮސްޕިޓަލްތަކަށް އަމާޒުކޮށް ހަމަލާދީ، އަލަށް އުފަންވާ ކުދިންނަށް ދުނިޔެއަށް ނޭވާލުމުގެ ފުރުސަތުވެސް ވަނީ ނަގާލާފައިވާ ކަމަށެވެ.
މީގެ އިތުރުން ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވައި، އެތައް ބަޔަކު ބަނޑަށް ޖައްސައި މަރަމުންދާއިރު، އެހީތެރިކަން ފޯރުކޮށްދޭ އެތައް ސަތޭކަ މުވައްޒަފުންނާއި ނޫސްވެރިންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީ މަރާލާފައިވާ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމަށް ގޮވާލިތާ އަށް މަސް ދުވަސް ވެގެން ދިޔައިރުވެސް، އިސްރާއީލުގެ އަސްކަރިއްޔާއިން ގަސްތުގައި ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް ހަމަލާދީ މަރަމުންދާކަން މިދިޔަ މަހު އދ. އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޒޯރާންގެ މެސެޖުގައި ވަނީ މިފަދަ ލިސްޓެއް ނިމުމެއް ނެތް މިންވަރަށް ދިގުކޮށް ދެއްކިދާނެ ކަމަށާއި، މި ހުރިހާ ލޭއޮހޮރުވުމަކަށް ބޭނުންކުރާ ބޮންތަކަށް ހަރަދުކުރަނީ އެމެރިކާގެ ރައްޔިތުންގެ ފައިސާއިން ކަމުގަ އެވެ. އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރުނީ ސާފު އަދި ބޮޑެތި ސަބަބުތަކެއް ހުރުމުން ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފި
13 ގަޑިއިރު ކުރިން

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
13 ގަޑިއިރު ކުރިން
ބީއެމްއެލް އެޕާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށްޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް!
13 ގަޑިއިރު ކުރިން

އެމްޑީޕީ، އެމްއެންޕީ އަދި އަދާލަތު ޕާޓީއަށް އިލެކްޝަނުން ފިޔަވަޅު އަޅައިފި!
13 ގަޑިއިރު ކުރިން


.gif&w=3840&q=75)