
އެމްޑީޕީ، އެމްއެންޕީ އަދި އަދާލަތު ޕާޓީއަށް އިލެކްޝަނުން ފިޔަވަޅު އަޅައިފި!

ރިޟްވާން މޫސާ - 22 ޖުލައި 2026 - 07:34
އިލެކްޝަންސް ކޮމިޝަނުން ތިން ސިޔާސީ ޕާޓީ އަކަށް ފިޔަވަޅު އަޅައިފި އެވެ.
އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ފިޔަވަޅު އަޅާފައިވާ ތިން ޕާޓީ އަކީ އެމްޑީޕީ އާއި އެމްއެންޕީ އަދި އަދާލަތު ޕާޓީ އަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާން ހަސަން ޒަކަރިއްޔާ ވިދާޅުވީ ކަނޑައަޅާފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައި ނުވާތީ ޖޫރިމަނާކުރި ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އަދި އަދާލަތު ޕާޓީއެވެ.
އޭގެ ތެރެއިން އެމްއެންޕީ އާއި އަދާލަތުން އެއްވެސް ގޮތަކަށް މާލީ ބަޔާން ހުށަހަޅާފައެއް ނުވެއެވެ. އަދި އެމްޑީޕީގެ މާލީ ބަޔާން ހުށަހަޅާފައިވަނީ މާލީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި ހަމަވިތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްފަހުން ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ މާލީ ބަޔާން ހުށަހަޅަންޖެހޭނީ އަހަރުގެ ފުރަަތަމަ 90 ދުވަހުގެތެރޭގައެވެ. އެ މުއްދަތު ހަމަވީ މިދިޔަ މޭއި މަހުގެ 20އަށެވެ. އެގޮތުގެމަތިން އަމަލުނުކުރާ ހުރިހާ ޕާޓީ އެއް 50،000ރ. ގެ އަދަދަކުން ޖޫރިމަނާކުރުމަށް އީސީން ނިންމާފައިވެއެވެ.
އީސީގެ ތަފާސްހިސާބުން އެނގޭ ގޮތުން އެންމެ ގިނައިން ޚަރަދުކޮށްފައި ވަނީ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީ އާއި ޕީއެންސީއިންނެވެ. އެގޮތުން އިދިކޮޅު އެމްޑީޕީއަށް 2025ގައި އާމްދަނީގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރެއިން 8.4 މިލިއަނަކީ އީސީން ދިން ފައިސާއެވެ.
އެ ޕާޓީއަށް އެހީގެ ގޮތުގައި ލިބުނު މިލިއަނެއްހާ ރުފިޔާ ލިބިފައިވާ އިރު ކުންފުނިތަކުން އެހީގެ ގޮތުގައި57،095ރ. ލިބިފައިވެއެވެ.
ވެރިކަން ކުރާ ޕީއެންސީއަށް އާމްދަނީގެ ގޮތުގައި ލިބުނު 14.1 މިލިއަން ރުފިޔާގެ ތެރެއިން 13.3 މިިލިއަން ރުފިޔާއަކީ އީސީއިން ދިން ފައިސާއެވެ. އަދި 842،000ރ. އަކީ އަމިއްލަ ފަރާތްތަކުން ދިން އެހީގެ ފައިސާއެވެ.
ގުޅުން ހުރި ޙަބަރުތައް

ނުލަފާ ޖައްބާރު ނަތަންޔާހޫ ގެ އަނިޔާވެރިކަމުގެ އަމަލުތައްމިހާރުން ހުއްޓާލުމަށް ގޮވާލަން: ނިއުޔޯކް ސިޓީގެ މޭޔަރު
9 ގަޑިއިރު ކުރިން

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފި
14 ގަޑިއިރު ކުރިން

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
14 ގަޑިއިރު ކުރިން
ބީއެމްއެލް އެޕާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށްޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް!
14 ގަޑިއިރު ކުރިން


.gif&w=3840&q=75)