
މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ރިޟްވާން މޫސާ - 22 ޖުލައި 2026 - 07:39
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
މި ފުރުސަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން އަންނަ އޮގަސްޓުމަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އިން ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.
ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމް ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ފާތިމަތު އަމީޒާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.9 ބިލިއަން ރުފިޔާ
13 ގަޑިއިރު ކުރިން

ރައްޔިތުންގެ އަޑު ސަރުކާރަށް އިވޭބާ؟
13 ގަޑިއިރު ކުރިން

ރަސްމާލެ ތަރައްގީކުރަން އެ އަންނަ އުޅެކީ ޖެނުއިން އިންވެސްޓަރުންނެއް ނޫން: މަތީން
16 ގަޑިއިރު ކުރިން

"ރަސްމާލެ ވިއްކާލިޔަސް ހޯދާނަން، ގެއްލުމުގެ ބަދަލެއްވެސް ނުދޭނަން" – ރައީސް ޔާމީން
17 ގަޑިއިރު ކުރިން


