logo

ބްރިޖާއި ހައިވޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް

profile

އާމިނަތު ޝަޒްލާ - 21 ޖުލައި 2026 - 17:19

ސިނަމާލެ ބްރިޖާއި ހައިވޭ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

https://wamco.com.mv/

ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ބްރިޖާއި ހައިވޭގައި ދަތުރުކުރާ އުޅަނދުތައް މޮނިޓަރކޮށް، މަގުމަތީގެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމުގެ ގޮތުން ފެށި ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން މިއަދު ވަނީ ބްރިޖާއި ހައިވޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވެ، އުޅަނދުތައް ހުއްޓުވައި ބަލައި ފާސްކޮށްފައެވެ.

މި އޮޕަރޭޝަންގައި ހާއްސަ ސަމާލުކަމެއް ދެނީ އުޅަނދުތައް ދުއްވާ ދުވެލި މިންކުރުމަށެވެ. އެގޮތުން ދުވެލި މިންކުރާ އާލާތްތައް ނުވަތަ 'ސްޕީޑް ގަން' ބޭނުންކޮށްގެން، ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ މިއީ މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ތަފާތު ވަގުތުތަކުގައި މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ މަސައްކަތެއް ކަމަށެވެ. އަދި މިފަދަ އޮޕަރޭޝަނެއް ހިންގަން ޖެހުނު މައިގަނޑު ސަބަބަކީ، ސިނަމާލެ ބްރިޖާއި ހައިވޭއަކީ ރާއްޖޭގައި އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދަށް ވުމެވެ. ފުލުހުންގެ ތަހުގީގުތަކުން ދައްކާ ގޮތުގައި ގިނަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވަނީ ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުމާއި، ދުއްވުމުގެ އިންތަކުން ބޭރުވުމުގެ ސަބަބުންނެވެ.

އެހެންކަމުން، ހުރިހާ ދުއްވުންތެރިންވެސް މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ކަނޑައެޅިފައިވާ ދުވެލީގެ މިންގަނޑުތަކަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެންމެންގެ ސަލާމަތަށްޓަކައި ޒިންމާދާރުކަމާއެކު އުޅަނދު ދުއްވުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk