
ރާއްޖޭގެ ވެރިއަކަށް ހުންނަ މީހަކު ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭންޖެހޭ: ރައީސް ނަޝީދު

މުޙައްމަދު ފަޟްލޫން - 21 ޖުލައި 2026 - 17:29
ރާއްޖޭގެ ވެރިއަކަށް ހުންނަ މީހަކު ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ހުންނަވާ ބޭފުޅަކު ރައްޔިތުންނަށް ގައުމުގެ ހާލަތު ތެދުބަހުން ހަގީގަތް ހާމަކޮށްދޭންޖެހޭ ކަމަށެވެ.
ގައުމުގެ މިއަދުގެ އިގްތިސާދީ ހާލަތު ދަށް ކަމާއި ރަތް ބޮކި ދިއްލިފައިވާކަން ރައްޔިތުންގެ ކައިރީގައި ސާފުކޮށް ބުނެދޭންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށް ދަނީ ދަރަނި ބޮޑުވުމުގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނިތައް ރީސްޓްރަކްޗަރ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު މިއަދު ސަރުކާރުގައި ހުންނެވިނަމަ ގައުމުގެ މިއަދުގެ ހާލަތު ރައްޔިތުންނަށް ސާފުކޮށް ކިޔައިދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދު ސަރުކާރު މުވައްޒަފުންގެ އަދަދު މަދުކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން މަދުކުރަންޖެހޭނީ ހަރުދަނާ އުސޫލެއްގެ ދަށުން ކަމަށެވެ.
އެމަނިކުފާނުގެ ސަރުކާރެއްގައި ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއިން ވަކި ކުރާނަމަ އެފަރާތްތަކަށް ރިޑަންޑެންސީ ޕެކޭޖްތަކެއް ތައާރަފްކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރު ބޮޑުވެފައި ސަރުކާރުގެ ހަރަދު ބޮޑުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ހަރަު ކުޑަކުރަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މިސްކިތަށް ގެއްލުން ދިން މީހާ ހައްޔަރު ނުކުރުމުގެ ސަބަބުން އަނެއްކާވެސް މިސްކިތަށް ގެއްލުންދީފި
4 ގަޑިއިރު ކުރިން

ސަބްސިޑީއަށް ސަރުކާރުން ކުރި ހަރަދު 3.13 ބިލިޔަން ރުފިޔާއަށް އަރައިފި
4 ގަޑިއިރު ކުރިން
ސަރުކާރު ހިއްސާވާ ތިން ކުންފުންޏެއްގެ ބޯޑަށް ޑިރެކްޓަރުން އައްޔަނުކޮށްފި
4 ގަޑިއިރު ކުރިން

ހިންމަފުށީގައި މާރާމާރީ ހިންގި މީހުން ރާއްޖެ ނާދެވޭ ގޮތަށް ފުރުވާލަން އަންގައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)