
ރައީސް މުޙައްމަދު ނަޝީދު އަސްލުޓީވީގެ "ބާބު" ޕްރޮގްރާމުގައި މިރޭ ވާހަކަފުޅު ދައްކަވަނީ.
"އަސްލުޓީވީ"ގެ ބާބު ޕްރޮގްރާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންފި.

ރިޟްވާން މޫސާ - 21 ޖުލައި 2026 - 18:56
"އަސްލުޓީވީން ކުރިއަށް ގެންދާ "ބާބު" ޕްރޮގްރާމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަޑައިގެންފި އެވެ.
އަސްލުޓީވީގެ މެނޭޖުމެންޓުން ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އަސްލުޓީވީ އަށް ވަޑައިގަތުން ފާހަގަކުރެވިގެން ދިޔައީ ޓީވީ އަށް ލިބުނު ވަރަށް ވެސް ބޮޑު ފަޙުރަކާއި ޝަރަފެއް ކަމުގަ އެވެ.
ބާބު ޕްރޮގްރާމަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 20:45 އިން ފެށިގެން 21:45 އަށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާ،މެކެވެ.
މިރޭ ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި މައުލޫއެއްގެ ގޮތުގައި ހިމަނާފައިވަނީ "ޑޮލަރު ލިބުން ދަތިވުން" މި މައުލޫ އެވެ.
ބާބު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ރައީސް ނަޝީދު ވަނީ އާންމު ރައްޔިތުންގެ ދިރިއުޅުމާއި، ޑޮލަރު ލިބުން ދަތިކަމުގެ މައްޗަށް ބައްލަވާލައްވައި ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ މިވަގުތު ރާއްޖޭގެ އާންމު ހާލަތާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މިފަދަ މައުލޫމާތުތައް ގެނެސްދެއްވުމަކީ މުހިންމު ކަމެއް ކަމަށާއި، އަސްލުޓީވީން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމު ތަކާއި ޙަބަރުތަކާއި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ނުލަފާ ޖައްބާރު ނަތަންޔާހޫ ގެ އަނިޔާވެރިކަމުގެ އަމަލުތައްމިހާރުން ހުއްޓާލުމަށް ގޮވާލަން: ނިއުޔޯކް ސިޓީގެ މޭޔަރު
12 ގަޑިއިރު ކުރިން

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފި
16 ގަޑިއިރު ކުރިން

މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި
16 ގަޑިއިރު ކުރިން
ބީއެމްއެލް އެޕާއި އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށްޚިދުމަތްތަކަށް އެދި ހުށަހެޅުމަށް ހެޔޮ ބަދަލުތަކެއް!
16 ގަޑިއިރު ކުރިން


.gif&w=3840&q=75)