
ހަމަލާދިންމީހާ ވަޅި ހިފައިގެން
ފްރާސްގައި ވަޅީން ހަމަލާދީ ކުޑަކުދިންތަކެއް ޒަޙަމް ކޮށްލައިފި!

ޙުސައިން ފަޒީލް - 08 ޖޫން 2023 - 17:03
ސީރިއާއަށް ނިސްބަތްވާ ރެފިއުޖީއަކު ޕްރާންސްގެ އެނެސީގެ ޕާކެއްގެ ތެރޭގައި ކުޑަކުދިން ތަކަކަށް ވަޅިން ހަމަލާދީ ޒަޙަމް ކޮށްލައިފިއެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އޭނާ ވަޅިހިފައިގެން ކުޑަކުދިންގެ ފަހަތުން ދުވެ އެކުދިންނަށް ހަމަލާދޭ މަންޒަރެވެ. މި ހަމަލާގައި 8 ކުއްޖަކު ޒަހަމްވި އިރު، 4 ކުއްޖަކަށް ސީރިއަސް އަނިޔާތަކެއްވަނީ ލިބިފައެވެ. މި ކުދިންނަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ.
މި ހަމަލާގައި ޒަޙަމްވި ކުދިންގެ އުމުރު އުޅެނީ 22 މަހާއި 3 އަހަރާއި ދެމެދުގައެވެ. މި ކުދީންގެ އިތުރުން އިތުރު ދެ މީހަކަށްވެސްވެސް ވަޅިން ހަމަލާ ދީ ވަނީ ޒަޙަމް ކޮށްލާފައެވެ. އޭގެ ތެރޭގައި 70 އަހަރުން މަތީގެ އުމުރުން ދުވަސްވީ މީހަކު ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޒަޙަމްވި ބައެއް ކުދިންނަކީ ފަތުރުވެރިންކަމަށް ފްރާސްގެ ފުލުހުންވަނީ މައުލޫމާތު ދީފައެވެ.
ހަމަލާދިން ސީރިއާއަށް ނިސްބަތްވާ މީހާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހަމަލާގެ ފަހަތުގައިވަނީ ކޮންބޭނުމެއްކަށް އަދި ވަނީ ނޭންގުމެއްގެ ތެރޭގައެވެ. މި މައްސަލަ ފްރާންސްގެ ފުލުހުން އައްނަނީ ތަހުޤީޤު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ދިރާސީ އައު އަހަރަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ފޮނުވަން ފަށައިފި
ގަޑިއިރެއް ކުރިން

130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި
ގަޑިއިރެއް ކުރިން

ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި, ގެއްލުންތަކެއްވެއްޖެ
ގަޑިއިރެއް ކުރިން

ގަވާއިދާ ހިލާފަަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
2 ގަޑިއިރު ކުރިން


