
އިސްރާ އާއި މިއުރާޖުގެ މަތިވެރި ދަތުރުފުޅުގައި ﷲ ދެއްވި އެންމެ އަގުބޮޑު ހަދިޔާއަކީ ފަރުޟު 5 ނަމާދު: ހުކުރު ހުތުބާ

މުޙައްމަދު ފަޟްލޫން - 16 ޖެނުއަރީ 2026 - 10:26
އިސްރާ އާއި މިއުރާޖުގެ މަތިވެރި ދަތުރުފުޅުގައި ﷲ ދެއްވި އެންމެ އަގުބޮޑު ހަދިޔާއަކީ ފަރުޟު 5 ނަމާދު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައްވާފައިވަނީ އިސްރާއާއި މިޢުރާޖުގެ މަތިވެރި ދަތުރުފުޅުން ލިބިދޭ އިބުރަތްތަކުގެ މައްޗަށެވެ.
އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅަކީ ކީރިތި ރަސޫލާ އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި އުފުއްލެވި ބުރަދަތިތަކާއި، ކުރެއްވި މަތިވެރި ކެތްތެރިކަމަށްޓަކައި މާތް الله ދެއްވެވި މަތިވެރި އިނާމެއްކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.
ޚާއްޞަކޮށް، ރަސޫލާ އަށް އެންމެ ބޮޑަށް އެހީތެރިވެވަޑައިގަތް އަނބިކަނބަލުން ހަދީޖަތުގެފާނާއި، އެކަލޭގެފާނަށް ޙިމާޔަތްދެއްވުމުގައި ސާބިތުވެ ހުންނެވި ބޮޑުބޭބޭފުޅު އަބޫޠާލިބު އަވަހާރަވުމާ ގުޅިގެން ލިބިވަޑައިގަތް ފުން ހިތާމައަށް ދެއްވެވި މަތިވެރި ތަސައްލީއެއްގެ ގޮތުގައި އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅު ހުތުބާގައި ސިފަކުރައްވާފައިވެއެވެ.
މި މަތިވެރި ޙާދިސާ ހިނގި ތާރީޚާ ގުޅޭގޮތުން ޚުތުބާގައި ބަޔާންކުރައްވާފައިވަނީ، މުސްލިމުންގެ މެދުގައި އެންމެ މަޝްހޫރުވެފައިވާ ގޮތަކީ އެއީ ރަޖަބު މަހުގެ 27 ވިލޭރޭ ކަމަށެވެ. އިސްރާގެ ދަތުރުފުޅަކީ ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވާ ޙަޤީޤަތެއްކަންވެސް ޚުޠުބާގައި ހަނދާންކޮށްދެއްވާފައިވެއެވެ.
މި ދަތުރުފުޅުގައި މުޅި އިސްލާމީ އުންމަތަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދުކަން ފާހަގަކުރައްވަމުން، އެއީ އެއްވެސް މެދުވެރިއަކާ ނުލައި މާތް الله އެކަލޭގެފާނުގެ އުންމަތަށް ފަރުޟުކުރެއްވި މަތިވެރި އަޅުކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން، ނަމާދަކީ މުސްލިމުންގެ މިޢުރާޖުކަމުގައި ޢިލްމުވެރިން ސިފަކުރައްވާކަން ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.
މީގެ އިތުރުން، ބައިތުލްމަގްދިސުގައި ހުރިހާ ނަބީބޭކަލުންގެ އިމާމަކަށްވެވަޑައިގެން ރަސޫލާ ނަމާދުކުރެއްވުމަކީ، އެކަލޭގެފާނުގެ މަތިވެރިކަމާއި އެހެން ހުރިހާ ނަބީބޭކަލުންގެ މައްޗަށް އެކަލޭގެފާނަށް ދެއްވާފައިވާ މަތިވެރި މަޤާމު ހާމަވެގެންދިޔަ ކަމެއްކަންވެސް ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ: ފުލުހުން
9 ގަޑިއިރު ކުރިން
-1788853503519.webp&w=3840&q=75)
އެންއެސްއައިޓީ ބެޗް 3: "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
9 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ މަހާސިންތާއެއް!
9 ގަޑިއިރު ކުރިން

ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
9 ގަޑިއިރު ކުރިން


