logo

ޖަޕާނުގެ އެލް.ޑީ.ޕީ.ގެ އާ ލީޑަރަކަށް ޓަކައިޗީ، ފުރަތަމަ އަންހެން ބޮޑުވަޒީރަށް ވުމުގެ ފުރުސަތު ބޮޑު

profile

މުހައްމަދު މުޝްރިފް - 05 އޮކްޓޯބަރު 2025 - 08:37

ޖަޕާނުގެ ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލް.ޑީ.ޕީ.)ގެ ލީޑަރަކަށް ސަނާއީ ޓަކައިޗީ އިންތިޚާބުވއްޖެ އެވެ.

https://wamco.com.mv/

އެލް.ޑީ.ޕީ. ގެ ލީޑަރަކަށް ޓަކައިޗީ އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެކަމަނާ ވަނީ ޖަޕާނުގެ ފުރަތަމަ އަންހެނަށް ބޮޑުވަޒީރަކަށްވަޑައިގަތުމުގެ ފުރުސަތު ފުރުސަތު ފަހި ކުރައްވާފަ އެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް މެޖޯރިޓީ ލިބިފައިނުވާތީ، ހޮނިހިރު ދުވަހު ބޭއްވި ދެވަނަ ބުރުގެ ވޯޓުގައި، ޓަކައިޗީ ވަނީ ކުރީގެ ބޮޑުވަޒީރު ޖުނިޗީރޯ ކޮއިޒޫމީގެ ދަރިކަލުން ޝިންޖީރޯ ކޮއިޒޫމީ ބަލި ކުރައްވާފަ އެވެ.

ބޮޑުވަޒީރު ހޮވުމަށް ވޯޓު ނެގުން އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ޖަޕާނުގެ ޕާލިމެންޓުގައި އޮންނާނެ ކަމަށް ލަފާކުރެވެއެވެ. ކުރީގެ އިޤްތިޞާދީ ސަލާމަތީ ވަޒީރު އަދި އުމުރުން 64 އަހަރުގެ ޓަކައިޗީއަކީ އެލް.ޑީ.ޕީ.ގެ ރައިޓް ވިންގުގެ ބޭފުޅެކެވެ.

އެލް.ޑީ.ޕީ. އަކީ ޕާލިމެންޓުގެ މެޖޯރިޓީ ޕާޓީ ކަމަށްވާތީ، ޓަކައިޗީއަށް ބޮޑުވަޒީރުގެ މަގާމު ކަށަވަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ބޮޑުވަޒީރަކަށް އިންތިޚާބުކުރެވިއްޖެނަމަ، އޭނާއަށް ވަރަށް ގިނަ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިވަޑައިގަންނަވާނެއެވެ. އޭގެތެރޭގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވުމާއި، ޖިއޯޕޮލިޓިކަލް ހަލަބޮލިކަމާއި، އިޤްތިޞާދު ދަށްވުމުގެ އިތުރުން، ޖަޕާނުގައި ދިރިއުޅޭ ބިދޭސީންނާ މެދު އުފެދެމުން އަންނަ ކަންބޮޑުވުންތައް ހިމެނެއެވެ.

އެލް.ޑީ.ޕީގެ ކެމްޕޭނުގައި ޓަކައިޗީ ވިދާޅުވީ ޖަޕާނުން މުޅިން ތަފާތު ސަގާފަތާއި ތަފާތު ނަސްލުތަކުގެ މީހުންނަށ ޤައުމަށް ވަނުމުގެ ހުއްދަ ދޭ އުސޫލުތަކަށް އަލުން ވިސްނާވަޑައިގަންނަވަން ޖެހޭނެކަމަށެވެ.

އިޤްތިޞާދަށް ބަލާއިރު، ޓަކައިޗީ ކުރިން ތާއީދު ކުރެއްވީ ބާރުގަދަ ފައިސާގެ ލުއި ސިޔާސަތުތަކާއި، ބޮޑެތި މާލީ ޚަރަދުތަކަށެވެ. އެއީ އޭނާގެ މެންޓޯ، ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ވިސްނުންތަކާ އެއްގޮތަށް ހުރި ކަންކަމެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay