
ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް ބޭންކު ފަންޑުގެ އެހީގައި ވޭމަންޑޫ ސްކޫލުގައި ސެން ކުލާހެއް

އައިޝަތު އިބްރާހިމް - 23 އޯގަސްޓު 2025 - 07:43
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފިއެވެ.
ބޭންކުން ބުނީ، މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެއް ކަމަށެވެ.
މި ކްލާސް ތަރައްގީކޮށްފައިވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް ބަލައިގެން ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ. އަދި އަމާޒަކީ މި ކްލާހުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ކެއްކުމާއި ފެހުން ފަދަ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކްލާސްރޫމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުން ކަމަށް ވޭމަންޑޫ ސްކޫލާއި ހަވާލާދީ ބީއެމްއެލުން ބުނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ތައުލީމު އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އަބަދުވެސް ހާއްސަ އަހުމިއްޔަތުކަމެއް ދޭ ބޭންކެކެވެ. އެގޮތުން ބީއެމްއެލްގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް، ސެން ދަރިވަރުންނަށް ހާއްސަކޮށްގެން ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް ތަރައްގީކޮށް މިހާރު ވަނީ ހުޅުވާފައެވެ.
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ވަނީ ދެ ސްކޫލެއްގެ ސެން ކްލާސްތައް ތަރައްގީކޮށްފައެވެ. އެގޮތުން ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްގީކޮށްފައިވެއެވެ.
މި ދެ މަޝްރޫން 200އަށް ވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކޮށް، ވަސީލަތްތައް ފަހިކޮށްދީފައިވެއެވެ.
މީގެ އިތުރުން، މިދިޔަ 5 އަހަރު ބޭންކުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބީއެމްއެލްގެ ކިއުއާރް ޕޭމެންޓު ތަކުގެ ސެކިއުރިޓީ ވަރުގަދަކޮށްފި
2 އަހަރު ކުރިން

ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި
2 އަހަރު ކުރިން

ސްކޭމްތަކުގައި ބޭންކް އޮފް މޯލްޑިވްސްގެ މައްސަލައެއް ތަހުގީގަކަށް ނުފެނޭ: ފުލުހުން
2 އަހަރު ކުރިން

ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު
2 އަހަރު ކުރިން