
އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސައިން އަމްރު
ރާއްޖެ މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް - އަމްރު

ޔޫޝައު ހަސަން - 01 މޭ 2023 - 04:55
ރާއްޖެ މިދަނީ އިގްތިސާދީ ބޮޑު ކާރިސާއަކާ ދިމާލަށް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ އިގްތިސާދީ ކަންކަން ދާ މިސްރާބާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.
އަމްރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ސަރުކާރު ހިންގަމުންދަނީ އެއްވެސް ސިޔާސަތެއް އަދި ޕްލޭނެއް ނެތި ކަމަށެވެ. އެގޮތުން ޓެކްސް ބޮޑު ކުރީ މިހިނގާ 2023 ވަނަ އަހަރުގެ ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަންހުރި ހަރަދުތައް ހަމަޖެއްސުމަށް އިތުރުގޮތެއް ނެތިގެން ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
— Amr 🎈 (@HusenAmr) April 30, 2023" target="_blank">
2023 ވަނަ އަހަރު ފެށުމާއެކު ދައުލަތުގެ މުއައްސަސާތަކުން ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ނޫނީ ނުކުރުމަށް އަންގައި މުއައްސަސާތަކަށް ސާކިއުލާ ފޮނުވާފައިވާކަމަށް އަމްރު ވިދާޅުވީއެވެ.
އަދި 2023 ވަނަ އަހަރުގެ ފުރަތަމަ 4 މަސް ނިމުނު އިރު އާސަންދަ ބަޖެޓް ހުސްވެފައިވާކަމަށް ދައްކާފައިވާކަމަށާއި ރިޔާސީ ޕްރައިމަރީ އާއި ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާފައި ވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފައިވަނީ ސަރުކާރަށް ތާއީދު ނެތުމުންކަމަށާއި ރާއްޖެއަށް އާމްދަނީ އިތުރުކުރުމަށް ގޮތްތަކެއް ނުހޯދި، ބޭކާރު ޚަރަދުތައް އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށެވެ.
މިހުރިހައި ކަމަކަށް ރިޢާޔަތްކޮށް އޭނާ ވިދާޅުވީ، ރާއްޖޭ މިހާރު މިދަނީ އިޤްތިޞާދީ ބޮޑު ކާރިސާއަކާ ދިމާލަށް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން