
ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު
ދިވެހި ސަރުކާރުން އީރާނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފި

އަހުމަދު ޒަލީފު - 10 މާރިޗު 2023 - 18:19
ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ޤާއިމު ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކުރުކުރުގެ ގޮތުން ސަރުކާރުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރުމާ ގުޅޭ ގޮތުން ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާ ކަމަށެވެ.
ސަޢޫދީ ޢަރަބިއްޔާ އާއި އީރާނުން ދެޤައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ޤާއިމުކޮށް ދެޤައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ޤައުމުތަކުގެ ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔަމެވެ. އަދި މިހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ޤާއިމުކުރުމަށް ނިންމައިފީމެވެ. - ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ
ގަތަރާއި އީރާނު އަދި ކޮމަންވެލްތާއެކު ދިވެހި ސަރުކާރުން ކަނޑާލާފައިވާ ގުޅުން، އަލުން ގާއިމު ކުރައްވާނެ ކަމަށް، 2018 ވަނަ އަހަރުގެ ކެމްޕެއިންގައި އުޅުއްވި އިރުވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ގަތަރާއެކު ރާއްޖޭން ބާއްވަމުން އައި ޑިމޮކްރަޓިކް ގުޅުން، މިދިޔަ އަހަރު ސަރުކާރުން ކަނޑާލީ އެ ގައުމުން ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ އެވެ. އަދި ގަލްފު ސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅާ ކަމަށް ބުނެ، މީގެ ދެ އަހަރު ކުރިން އެ ގައުމާ ގުޅުން ކަނޑާލި އިރު، ދިވެހި ސަރުކާރުން ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއީ ޑިމޮކްރެޓިކް ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބަލައި ނުގަންނާތީ، ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ހިފެހެއްޓުމަށްޓަކައި ކަމަށް ބުނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން