logo

އިއްޔެ އެކަނިވެސް ޣައްޒާގައި 34 މީހުން ޝަހީދުކޮށްލާފައިވޭ

profile

މުޙައްމަދު ފަޟްލޫން - 15 އޯގަސްޓު 2025 - 08:19

އިއްޔެ އެކަނިވެސް ޣައްޒާގައި 34 މީހަކު ޝަހީދުކޮށްލައި 4 މީހަކު ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

https://wamco.com.mv/

ޣައްޒާގައި ބަނޑުހައި ހޫނުކަމުގައި ޝަހީދުވި މީހުންގެ އަދަދު ވެސް މިހާރު ވަނީ 239 އަށް އަރާފައެވެ.

ޣައްޒާގައި ބަނޑުހައިހޫނު ކަމުގެ ސަބަބުން ޝަހީދު ވީ މީހުންގެ އަދަދު 200 އިން މަތިވެފައިވާއިރު އޭގެ ތެރޭގައި 106 ކުޑަކުދިން ހިމެނޭ ކަމަށް ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވެއެވެ.

މާޗް 18 ގައި އަލުން ގަތުލުއާންމު ފެށި ފަހުން ޣައްޒާ އިން 10،251 މީހުން ވަނީ ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާއިން ލިބޭ ހަބަރުތައް ބުނެއެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާއިން މިހާތަނަށް އައިއިރު، 61،766 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އިސްރާއީލުން އިއްޔެގައި ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކުގައި 32 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ޝަހީދުކޮށްލި މީހުންގެ ތެރޭގައި އެހީ ބަހާ ސަރަހައްދުތަކުން ޝަހީދުކޮށްލި 13 މީހުން ހިމެނެއެވެ. އަދި ބަނޑުހައި ހޫނުކަމުގައި ޣައްޒާއިން ޝަހީދުވި ހަތަރު މީހުން ވެސް ހިމެނެއެވެ.

ޣައްޒާގައި އިންތިހާއަށް ބަނޑުހައި ހޫނުކަން ވަނީ ކުރިމަތިވެފައެވެ. އިސްރާއީލުން އަޅާފައިވާ ހުރަސްތަކާ ގުޅިގެން ޣައްޒާއަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެއްޗެއް ނުވެއްދެއެވެ. އިސްރާއީލުން އިއްޔެ ވަނީ ޣައްޒާ ސިޓީގައި ހުރި ރެސިޑެންޝިއަލް އިމާރާތަކަށް ހަމަލާދީ އަށް މީހުން ޝަހީދުކޮށްލައިފައެވެ.

އިސްރާއީލުން މިހާރު ވަނީ ޣައްޒާގެ އެންމެ ބޮޑު ސިޓީ، ޣައްޒާ ސިޓީއަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށައިފައެވެ.

އިސްރާއީލްގެ އަމާޒަކީ ޣައްޒާ ސިޓީގެ ފުރިހަމަ ބާރު ހޯދުމެވެ.

މި ޕްލޭނާ ދެކޮޅު ކަން އދ. އާއި ދުނިޔޭގެ ގިނަ ގައުމުތަކުން ވެސް ދަނީ ބުނަމުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay