logo

ބިދޭސީންތަކެއްއަތުން ފޭރުނު ދެ ހާދިސާއެއް، ތިން މީހުން ހައްޔަރަށް

profile

ޝުރުފާ މުހައްމަދު - 20 ސެޕްޓެމްބަރު 2024 - 18:06

ރަސްފަންނުގައި ތިބި ބިދޭސީންތަކެއް އަތުން ފޭރުނު މައްސަލާގައި ހައްޔަރުކުރި ދެމީހުން--- ފޮޓޯ: ފުލުހުން

ރަސްފަންނުގައި ތިބި ބިދޭސީންތަކެއް އަތުން ފޭރުނު މައްސަލާގައި ހައްޔަރުކުރި ދެމީހުން--- ފޮޓޯ: ފުލުހުން

މާލޭގައި ބިދޭސީންގެ އަތުން ފޭރުނު ދެ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ވަނީ އެމީހުންގެ ވަނަވަރު ވެސް މިއަދު އާންމުކޮށްފަ އެވެ.

ފުލުހުން ބުނިގޮތުގައި މީގެ ތެރެއިން ދެމީހަކު ހައްޔަރުކޮށްފައި ވަނީ ރޭ ރަސްފަންނުގައި ތިބި ބިދޭސީންތަކެއްގެ އަތުން ފޭރުނު މައްސަލައެއްގަ އެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ހިތަދޫ މުހަންމަދު ސާލިމް އާއި އަހުމަދު ސިވާތު އެވެ.

ފުލުހުން ބުނިގޮތުގައި މި ދެމީހުން ވަނީ ރަސްފަންނުގައި ތިބި ބިދޭސީންނަށް ވަޅިން ބިރު ދައްކާފަ އެވެ. ފައިސާ ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އެމީހުންގެ ވޮލެޓުގައި ހުރި ފައިސާތައް ފޭރިގެންފައިވާ ކަމަށާއި، މި މައްސަލާގައި ރޭ އެމީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ބިދޭސީއެއްގެ ފޯނު ޖަހައިގެން މައްސަލާގައި ހައްޔަރުކުރި މީހާ--- ފޮޓޯ: ފުލުހުން

މީގެ އިތުރަށް ފޭރުމުގެ އެހެން މައްސަލައެއްގައި ވެސް ރޭ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ ލ. މާމެންދޫ އަހުމަދު ނިޒާރު ކިޔާ މީހެކެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ޗާންދަނީ މަގުން ބިދޭސީއެއްގެ ފޯނު ފޭރިގަނެގެން ފިލަން ދުވަނިކޮށް އަތުލައިގަނެގެންނެވެ. އެމީހާ އަތުލައިގަތީ އޭރ އެ ސަރަހައްދުގައި ތިބި އާންމުންނެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ރޭ 11:45 ހާއިރު އެވެ.

https://wamco.com.mv/
tel:+9607331319