logo

ޗައިނާގެ އެފްޓީއޭއަށް އަންނަ އަހަރު އަމަލުކުރަން ފަށަނީ

profile

އާމިނަތު ޝަފާ - 17 ސެޕްޓެމްބަރު 2024 - 14:12

މިނިސްޓަރ ސައީދު

މިނިސްޓަރ ސައީދު

ޗައިނާއެކު ރާއްޖެއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އަންނަ އަހަރުގެ ޖަނަވަރީމަހުން ފެށިގެން އަމަލުކުރަންފެށިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިނިސްޓަރ މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށާއި. ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ 91 އިންސައްތަ ބާވަތުން ޑިއުޓީ ދައްކަން ނުޖެހޭނެކަމަށެވެ. ޑިއުޓީ ނުދައްކައި ދިވެހި ރުފިޔާއިން ޗައިނާ އިން މުދާ ގަނެވޭގޮތްވުމުން ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ޗައިނާ އިން މިހާރު އަހަރަކު 700 މިލިއަނާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ މުދާ އެބަ އެތެރެކުރޭ. ކަރަންސީ ސެޓެލްމަންޓް އެއްބަސްވުމާ އެކު މި 700 މިލިއަން ޔޫއެސްޑީ ބޭނުންނުކޮށް މުދާ އެތެރެކުރެވޭނެ".

މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.

މި އެއްބަސްވުމަށް އަމަލުކުރުމަށް މި ސަރުކާރުން ތައްޔާރުވެފައިވާއިރު މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން 296 ބާވަތެއްގެ ސީފުޑް ޗައިނާއަށް އެއްވެސް ޓެރިފަކާއި ނުލައި އެކްސްޕޯޓުކުރެވޭނެއެވެ.

https://etukuri.mv/
tel:+9607331319