
ފޮޓޯ އިސްލާމިކް މިނިސްޓްރީ
ހުކުރު ދުވަހު ރަޝީދު މިސްކިތުގައިޚުޠުބާ ކިޔާނީ އިނގިރޭސި ބަހުން

އައިޝަތު އިނާޝާ - 20 އޯގަސްޓު 2024 - 15:54
އަންނަ ހުކުރު ދުވަހު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އޮސްޓްރޭލިއާ ނޭވީގެ އިމާމް އުސްތާޛު މޮގަމަތު މަޖްދީ ޢީސާ ކަމަށާއި އެބޭފުޅާ ޚުޠުބާ ދެެއްވާނީ އިނގިރޭސި ބަހުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ އުސްތާޛު މޮގަމަތު މަޖްދީ ޢީސާއަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ތައުލީމު ޙާޞިލްކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ޝަހީމް ވަނީ މިއަދު އިމާމް މޮގަމަތު މަޖްދީ ޢީސާ އާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ އިމާމު މޮގަމަތު މަޖްދީ ޢީސާ، އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ވަޑައިގެންނެވުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި އޮސްޓްރޭލިއާ ސަފީރު. ޑޭވިޑް ޖެސަޕްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

“ސެޓްފިކެޓް 1 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް” ކޯހުގެ ތިން ވަނަ ބެޗް ދަސްވެނިވެއްޖެ
ގަޑިއިރެއް ކުރިން
.webp&w=3840&q=75)
މެލޭޝިޔާ އެކްސިޑެންޓާއި ގުޅިގެން ޑްރައިވަރުގެ މައްޗަށް 3 ދައުވާ އުފުލައިފި
ގަޑިއިރެއް ކުރިން

ޑިޕްރެޝަން ތަހައްމަލުކުރާ މީހުން ރާއްޖޭގައި ނިސްބަތުން ގިނަ: ހެލްތު މިނިސްޓްރީ
ގަޑިއިރެއް ކުރިން

މަގުމަތީގެ ރައްކާތެރިކަމަށް މާލެ ސަރަހައްދުގައި ޚާއްޞަ ޓްރެފިކް އޮޕަރޭޝަނެއް!
4 ގަޑިއިރު ކުރިން


