logo

ކަންނެލި މަސް ބޭރުކުރުމަށް ހުޅުމާލޭގައި ފެސިލިޓީއެއް އަޅަނީ

profile

އާމިނަތު ޝަފާ - 06 އޯގަސްޓު 2024 - 22:45

މަސްވެރިކަންކުރަނީ

މަސްވެރިކަންކުރަނީ

ކަންނެލި މަސް ބޭރުކުރުމަށް ހުޅުމާލޭގައި ކުޑަ ޕެކިން ފެސިލިޓީއެއް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ހުސެއިން ސިނާނު ވިދާޅުވެއްޖެއެވެ.

ޑރ. ސިނާނު ވިދާޅުވީ، މިއީ ކަންނެލި މަސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެފައިވާ ވަޢުދެއް ކަމަށެވެ. މި މަޝްރޫޢުއަށް އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑުގެ ފަރާތުން ފަންޑް ހަމަޖެހިފައިވާ ކަމަށާއި، މިފްކޯއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ސިނާނު އިތުރަށް ވިދާޅުވީ، މި މަޝްރޫޢުގެ އަމާޒަކީ މިފްކޯއިން ކަންނެލި ބޭރުކުރުމުގެ ވިޔަފާރިއަށް ވަނުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލުން ކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް ފައިދާވާނެ ގޮތަށް މި ފެސިލިޓީ ގާއިމުކުރުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައުޟޫއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، ކުދިވިޔަފާރިތައް ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އެފަރާތްތަކަށް ފުރުސަތު ހޯދައި ދިނުމުގެ މަގުފަހި ކޮށްދޭން ބޭނުންވާ ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކަށް މަސްވެރިކަމުން ނަފާ ލިބުމަކީ ގައުމަށާއި އިގްތިސާދަށް ފައިދާވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން ތަމްރީނު ފުރުސަތު ފަހިކޮށްދިނުމަކީ މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވަރަށް އިސްކަންދެއްވާ ކަމެއްކަމަށް ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބުވެސް ވަނީ ވިދާޅުވެފައެވެ.


tel:+9607331319