logo

ފެބުރުއަރީމަހު ލޭނު އެޅުމަށް ހުޅުވާލަނީ

profile

އާމިނަތު ޝަފާ - 28 އޯގަސްޓު 2024 - 18:23

މިނިސްޓަރ ޝިޔާމް ނޫސްވެރިންގެ ބައްދަލުވުމުގައި

މިނިސްޓަރ ޝިޔާމް ނޫސްވެރިންގެ ބައްދަލުވުމުގައި

އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް އަންނަ ފެބުރުއަރީމަހު ލޭނު މަސަްވެރިކަމަށް ހުޅުވާލާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވެެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަޒީރު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަން ހުޅުވާލަނީ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ކަމަށެވެ. މިކަމާ ގުޅޭ ގަވާއިދު އެކުލަވާލައި ނިމި އާއްމުންގެ ހިޔާލުވެސް މިހާރު ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" ފެބުރުއަރީގައި މިކަން ފައްޓާނަން. ކުރަން ހުރި ހުރިހާ މަސައްކަތްތެއް ނިންމުމަށް މި ދަނީ މަސައްކަތް ކުރަމުން.ދައުލަތުގެ އާމްދަނީ އިތުރުވާނެ. 92 މިލިއަން ކުރިން ލިބެމުން އައީ. މިކަމާއެކު 120 ވަރަކަށް މިލިއަނަށް މަސްވެރި ސިނާއަތުން ލިބޭ އާމްދަނީ އިތުރުވެގެންދާނެ.".

ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވައިލާއިރު ފާއިތުވީ ތަނުގައި ދިވެހިރާއްޖޭގައި ލޭނު މަސްވެރިކަން ކުރިއިރު ލިބިފައިހުރި ތަޖުރިބާއަށް ބަލައި، ލޭނުމަސްވެރިކަމަކީ ދިވެހީންނަށް ފައިދާހުރި އަދި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން ހާއްސަ މާއްދާތަކެއް ގަވާއިދުގައި ހިމަނާފައި ވާނެކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤްސަދުގައި ލޭނުމަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ނިންމައި އެކަމުގެ ގަވާއިދު އެކުލަވާލައި ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ޝަކުވާ ހުށަހެޅުނެވެ. ލޭނު މަސްވެރިކަމަށް ހުޅުވާލާނީ މި ޝަކުވާތަކަށް ބެލުމަށް ފަހުކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

tel:+9607331319