logo

މަސްވެރިން ތަމްރީނު ކުރުމަށް މަޝްވަރާތަކެެއް

profile

އައިޝަތު އިނާޝާ - 10 ސެޕްޓެމްބަރު 2024 - 08:06

މަސްވެރިކަން އަންނަނީ ރަނގަޅުވަމުން

މަސްވެރިކަން އަންނަނީ ރަނގަޅުވަމުން

މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރުމާއި ތަމްރީނު ދިނުމާ ގުޅޭ މުހިންމު މަޝްވަރާތަކެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސްގައި ބޭއްވުނު ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަމްޒަތު އަޙްމަދާއި ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސްގެ ޑީން ޑރ. އަހުމަދު ރިޔާޒް ޖައުހަރީއެވެ.

ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު މައިގަނޑު ބައިތަކުގެ ތެރޭގައި މަސްވެރިން ތަމްރީނު ކުރުމާއި، މަސްވެރި ސިނާއަތަށް ބޭނުންވާ މީހުން ބިނާކުރާނެ ދާއިރާތައް ދެނެގަތުމާއި، ތަމްރީނު ދިނުމާއި ހުނަރު އިތުރުކުރުމުގެ މުހިންމުކަމާ މެދުވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނިގޮތުގައި ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމުގެ މުހިންމުކަމާ މެދުވެސް މަޝްވަރާ ކުރެވުނެވެ. އަދި މަސްވެރިކަމާއި ކަނޑުތަކުގެ ދިރާސާކުރުމާ ގުޅޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ މަސްވެރި ސިނާއަތު ކުރިއެރުވުމަށާއި، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިފަދަ މަޝްވަރާތަކުން މަސްވެރިކަމުގެ ދާއިރާގައި ތަޢުލީމީ ގޮތުންނާއި ތަމްރީނުގެ ގޮތުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

tel:+9607331319