logo

މިފްކޯގެ ޝުކުރު އައްޑޫ މަސް ފެކްޓަރީގެ މުވައްޒަފުންނަށް

profile

އާމިނަތު ޝަފާ - 02 ޖުލައި 2024 - 19:09

މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މަސްވެރިންނަށް ފައިސާ ނުދޭތީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި މަސްވެރިންފެށި މުޒާހަރާ ނިންމާލީ 10 ދުވަސް ފަހުންނެވެ. މި މުޒާހަރާގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ވަޒީފާ އަދާކުރާ އެތައް މުވައްޒަފުންގެ ހައްގުތަކެއްވެސް ވަނީ ގެއްލިފައެވެ.

ޖޫން މަހުގެ 21 ވީ ހުކުރު ދުވަހުގެ ހަވީރު 3:19 ގައި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ސަރަހައްދުގައި 15 ވަރަކަށް މަސް ދޯންޏަށް ނިސްބަތްވާ މަސްވެރިންތަކެއް ފެށި މުޒާހަރާ ނިންމާލީ ޖުލައި މަހުގެ 1 ވަނަ ދުވަހު އެމީހުން ނިސްބަތްވާ ދޯނިފަހަރުގެ ވެރީންނަށް އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ފައިސާ ޖަމާވާން ފެށުމުންނެވެ. މި މުޒާހަރާގެ ފުރަތަމަ ދުވަހު ކަން ހިނގައިދިޔަގޮތަށް ބަލާއިރު، އޭއެފްސީގައި މަސައްކަތް ކުރާ 125 އެއްހާ މުވައްޒަފުންގެ ވަޒީފާގެ މާހައުލު ގެއްލި، އިންސާނީ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކެއިން ބުއިމާއި، ނިދުން ފަދަ އެތަކެއް އަސާސީ ހައްގުތައް ހަނިވެގެންދިޔަކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މުޒާހަރާގެ ބައިވެރިންގެ ބިރު ދެއްކުމުގެ ތެރެއިން މިފްކޯއަށް ޖެހުނީ ހުރިހާ މުވައްޒަފުން ވަގުތީ އެކޮމޮޑޭޝަނަކަށް ބަދަލުކޮށް، ނިދުމާއި، ކެއިން ބުއިމާއި އެނޫންވެސް ޒަރޫރީ ކަންކަން ހަމަޖައްސާށެވެ. އަދި އޭއެފްސީގައި އިސްކޮށް މަސައްކަތް ކުރާ 7 ސީނިއާ މުވައްޒަފުންނަށް މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރިމަތިވަމުންދިޔަ ދުއްތުރާތަކުގެ ސަބަބުން މުޅި އޮޕަރޭޝަން ހުއްޓި، އޭފްސީން ކަރަންޓު ކަނޑާލަން ޖެހުނުކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. އެވަގުތު އެ ފެސިލިޓީގައި ރައްކާކޮށްފައި ހުރި މަހުގެ ޓަނޭޖުގެ އަދަދު 390 އާ ގާތްކުރާނެއެވެ. މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އޭއެފްސީ "ފުލް ޝަޓްޑައުން" އަކަށް ގެންދިޔުމަށްފަހު، މުވައްޒަފުން އެހެން ތަނަކަށް ބަދަލު ކުރުމުގެ މަރުހަލާގެ ތެރެއިން މުޒާހަރާގެ ބައިވެރިން ވަނީ މުވައްޒަފުންގެ މެސް ރޫމުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ކައިބޮއި ހަދާފައެވެ. އަދި މިފްކޯގެ ދިދަ ޕޯސްޓަށް ނަގާފައިވާ ދިދަ ބޭލުމަށްފަހު ތަން ހިސާރުކުރިއެވެ.

މީގެ އިތުރުން އޭއެފްސީގެ ފަހަތުން ވަންނަ ދޮރުވެސް އެމީހުން ބަންދުކުރިއެވެ. މުޒާހަރާގެ ބައިވެރިންގެ ބިރުދެއްކުމާއި އިންޒާރުތައް އިތުރުވެ، އެއްވެސް ކަމަކަށް ދޫ ނުދީ، ސީނިއާ މުވައްޒަފުންނާ ކުރިމަތިކުރުވި ހާލަތުގެ ސަބަބުން އެމީހުނަށް ޖެހުނީ ފުލުހުންގެ ހިމާޔަތް ހޯދަންކަމަށް މިފްކޯއިން ބުންޏެވެ. މީގެ އިތުރުން ހަމަނުޖެހުން ބޮޑުވެ އޭއެފްސީ މުވައްޒަފަކަށްވެސް އަނިޔާވެފައިވާކަމަށް މިފްކޯއިން މައުލޫމާތުދިނެވެ. އޭއެފްސީ އަށާއި މުވައްޒަފުންނަށް ކޮންމެ ގެއްލުމެއް ވިޔަސް ވަރިހަމަ ކަމުގެ ބިރުވެރި ހާލަތަކަށް މުޒާހަރާގެ ބައިވެރިން މުޅި ސަރަހައްދު ބަދަލު ކޮށްލި ވަގުތު، އެތަނުގެ މުވައްޒަފުންގެ ކިބައިން ފެނިގެންދިޔައީ ކެތްތެރިކަމާއި، ހިކުމަތްތެރިކަންކަމަށާއި ހާއްސަކޮށް އަމިއްލަ އިސްނެގުމުގެ މައްޗަށް މުޅި އޭފްސީގެ މުވައްޒަފުންގެ ހައްގުގައި އެތަނުގައި އިސްކޮށް މަސައްކަތް ކުރާ މުވައްޒަފުން ވަނީ ކަންކަން ތަރުތީބުކޮށް، އެހެނިހެން މުވައްޒަފުންގެ ކަންކަން ގާތުން ބަލައި، އެ ނުރައްކާތެރި ހާލަތުގައިވެސް ފެސިލިޓީގެ ބޭރުން ފުލުހުންނާއި ގުޅިގެން ހާލަތު ހަންމަތަކުރުމަށާއި، މަސްވެރިންނާއި އެކި ފަހަރު މަތިން "ކެރިގެން" މުއާމަލާތް ކޮށްފައިކަމަށް ކުންފުނިންބުންޏެވެ.

އެކަން ފަހުރުވެރިކަމާއެކު ފާހަގަކޮށް ހާސްކަމާއި، ބިރުވެރިކަމުގެ ތެރޭގައި އަމިއްލަ މަސްލަހަތަށްވުރެ ކުންފުންޏާއި، ކުންފުނީގެ މުދަލާއި މުވައްޒަފުންގެ މަސްލަހަތު އިސްކޮށް، އަމިއްލަ އިސް ނެގުމަށް، އިސްވެ ހާލަތު ބުނެދިނުމާއި، މުޒާހަރާގެ ބައިވެރިންނާއި މުއާމަލާތް ކުރުމާއި، ފެސިލިޓީ ބެލެހެއްޓުމާއި، މެނޭޖުމެންޓާއި ގުޅިގެން މުޅި ހާލަތު މެނޭޖުކުރުމުގައި އޭފްސީގެ މުވައްޒަފުންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ހިތްވަރެއްކަމަށް މިފްކޯއިން ބުންޏެވެ. ހާއްސަކޮށް ފުލުހުންނާއި މުއާމަލާތް ކޮށްގެން ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުނީވެސް އެ މުވައްޒަފުންގެ މިންނެތް މަސައްކަތުންކަމަށާއި އެހެން ކަމުން މުވައްޒަފުންގެ އަގު ވަޒަންކޮށް، މުޅި ސިނާއަތުގެ ހައްގުގައި 10 ދުވަސް ވާންދެން އެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ވަކިން ހާއްސަކޮށް ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން މިފްކޯއިން އަބަދުވެސް ފާހަގަކުރެއެވެ. އޭފްސީގެ އޮޕަރޭޝަން މިއަދުން ފެށިގެން ކުރިއަށް ދާއިރު، ވޭތުވެދިޔަ 10 ދުވަހުގެ މުޒާހަރާ އާއި ގުޅިގެން އޭއެފްސީ އަށާއި، ކުންފުންޏަށް ލިބުނު ގެއްލުން ދެނެގަތުމަށް އެސްސްމެންޓެއް ހެދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށާއި އެކަމުގެ ތަފްސީލް ރިޕޯޓު ނިމުނުހާ އަވަހަކަށް އާއްމުކޮށް ހާމަކުރާނެ ކަމަށް ކުންފުނިން ބުނެއެވެ.

މިހާރު މަސްވެރިންނަށް ވަނީ ފައިސާ ޖަމާންވާން ފަށާފައެވެ. އަދި އެކަހަލަ ކަމެއް މި ސަރޔުކާރުގައި ތަކުރާރު ނުވާކަމުގެ ޔަގީންކަން ކުންފުނިންދެއެވެ.

tel:+9607331319