logo

މަސްދޯނިތަކުގައި ކޯޓާ ނުނަގާ ބިދޭސީން މަސައްކަތްކުރުން ހުއްޓުވަނީ

profile

އާމިނަތު ޝަފާ - 05 ޖުލައި 2024 - 18:31

ރާއްޖޭގެ ދޯންޏެއް މަސްވެރިކަމުގައި

ރާއްޖޭގެ ދޯންޏެއް މަސްވެރިކަމުގައި

ގަވާއިދާ ޚިލާފު ބިދޭސީން ދޯނިތަކުގައި އުޅުން ހުއްޓުވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިިން ވިދާޅުވީ ރާއްޖޭގައި ކަންނެލި އެކްސްޕޯޓް ކުރުމުގައި ހަރަކާތްތެރިވާ ބިގްފިޝްއާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ މަސްވެރިންގެ ކޯޓާ އިތުރުކުރެވިދާނެކަމަށް ވިދާޅުވެފައެވެ.

ބިގްފިޝްގެ ސީއީއޯ ޝާފިން އަޙްމަދު ވިދާޅުވީ ރާއްޖެއިން ބޮޑެތި ކަންނެލި ލިބުން މަދުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ގަނޑުކުރި މަހުގެ ގޮތުގައި މަސް ބޭރު ނުކުރެވޭކަމަށެވެ. އަދި ކުދި ކަންނެލި މަސްވެރިންގެ އަތުން ނުނެގުމުން މަސްވެރިންނަށް ގެއްލުންވާނެކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝާފިން ވަނީ ކަންނެލި ގަތުމަށް އެ ކުންފުންޏަށް ހުރި ދަތިތައްވެސް ހިއްސާކުރައްވައިފައެވެ. އަދި ލޭނު މަސްވެރިކަމުން ލިބޭ އާމްދަނީ މާ ރަގަނޅުވާނެކަމާއި މަހުގެ ކޮލިޓީ ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ.

ކަންނެލި މަސްވެރިންނަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްބިލަށް ފައިސާ ލިބުންކަން ބީކޭއެމްޔޫއިން ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން މަހަށް ފުރުމަށް ދޯނިތަކަށް ވަރަށް ދަތިވާކަމަށް އެބޭފުޅުން ވިދާޅުވިއެވެ. އަދި މަސްވެރިންނަށް އެފްއެސްއެމްއިން ކްރެޑިޓަށް ތެޔޮ ނުލިބޭތީ މަސް ބިލަށް ފައިސާ ނުލިބި ލަސްވުމުން ވަރަށް ދަތިވާކަމަށާއި މަސްވެރިންނަށް ކްރެޑިޓަށް ތެޔޮލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވުޒާރާއިން މަސައްކަތް ކޮށްދެއްވުމަށް އެދިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް މަސްވެރިންނަށް ލުއިގޮތްތައް ހޯއްދަވައި ދެއްވާނެކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ މަސްވެރި ސިޔާސަތުތައް ތަންފީޒުކުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރެއްވިއެވެ.

tel:+9607331319