
ގަމުގައި ހުންނަ ހަމަދު ސުކޫލު
ޙަމަދު ސުކޫލުގައި 12 ކުލާސްރޫމް އިމާރާތް ކުރަން ބަޔަކާ ހަވާލުކޮށްފި

އަހުމަދު ޒަލީފު - 11 ޖެނުއަރީ 2023 - 11:46
ލ.ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގައި 12 ކްލާސްރޫމް ޢިމާރާތް ކުރަން ބަޔަކާއި ހަވާލުކޮށްފިއެވެ.
13,308,746.74 ރުފިޔާގެ މި މަޝްރޫޢު 400 ދުވަސްތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވަނީ ވީއަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
ޙަމަދު ސުކޫލަކީ ޤަތަރު ސަރުކާރުގެ ހިލޭއެހީގެ ދަށުން ބިނާކުރެވިފައިވާ ސަރުކާރުގެ ސުކޫލެކެވެ. މި ސުކޫލުގެ ކިޔަވައިދިނުން ފެށިފައިވަނީ 1998 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.
މިހާރު ހަމަދު ސުކޫލަކީ ޅަފަތުގެ ތަޢުލީމުގެ މަރުހަލާއިން ފެށިގެން މަތީ ޘާނަވީ މަރުހަލާއަށް ކިޔަވައިދެމުން އަންނަ ސުކޫލެކެވެ.
މި ސުކޫލުގައި ކިޔަވައިދެނީ 01 ދަންފަޅިއަށެވެ. ޅަފަތުގެ ތަޢުލީމުގެ މަރުހަލާއިން ފެށިގެން މަތީ ޘާނަވީ މަރުހަލާގެ ނިޔަލަށް 545 ދަރިވަރުން ސުކޫލުގައި ތަޢުލީމް ޙާޟިލްކުރަމުން ދެއެވެ. އެއީ 292 އަންހެން އަދި 253 ފިރިހެން ކުދިންނެވެ. މި ސުކޫލުގައި ކިޔަވައިދެނީ އިނގެރޭސި މީޑިއަމް އަށެވެ. ކިޔަވައިދިނުމުގައި 58 ޓީޗަރުން ހަރަކާތްތެރިވެއެވެ. އޭގެ އިތުރުން އެހެނިހެން މުވައްޒަފުންގެ ގޮތުގައި 24 މުވައްޒަފަކު އެ ސުކޫކުގައި މަސައްކަތް ކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސިޔާސަތަކީ ކޮންމެ ދަރިވަރަކީ ފަސްމީރު ކުރިރުކަކަށް ހެދުން: އެޑިއުކޭޝަން މިނިސްޓަރ
2 އަހަރު ކުރިން

އިންޓަރސުކޫލު މެޗުގައި ހިނގި ހަމަނުޖެހުން ކުށްވެރިކުރަން - އެޑިއުކޭޝަން
2 އަހަރު ކުރިން

އެޑިއުކޭޝަން މިނިސްޓަރ ފައިނު ސްކޫލަށް ޒިޔާރަތް ކުރައްވައިފި
2 އަހަރު ކުރިން

ސްކޮލަރޝިޕް ފުރިހަމަ ކުރި ފަރާތްތަކަށް ޕްރިންސިޕަލް ކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފި
2 އަހަރު ކުރިން