
ތައުލީމާއި ބެހޭ ވަޒީރު ޑރ އިސްމާއިލް ޝަފީއު
ޝަހީދު އަލީ ސްކޫލްގެ 77 އިންސައްތަ ދަރިވަރުން ނިސްބަތްވަނީ އަތޮޅުތެރެއަށް: ޑރ އިސްމާއިލް ޝަފީއު

މުޙައްމަދު ފަޟްލޫން - 27 ޖެނުއަރީ 2026 - 07:31
ޝަހީދު އަލީ ސްކޫލްގެ 77 އިންސައްތަ ދަރިވަރުން ނިސްބަތްވަނީ އަތޮޅުތެރެއަށް ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސަރުކާރުން ގާއިމްކުރި ޝަހީދު އަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރ ވިދާޅުވީ ޝަހީދު އަލީ ސްކޫލް ހުޅުވުނު އިރު އެ ސްކޫލަށް 2 ހާހަށްވުރެ ގިނަ ދަރިވަރުން އެންރޯލް ވެފައިވާ ކަމަށެވެ.
މިއަދާ ހަަމައަށް 2،100 ދަރިވަރުން ޝަހީދު އަލީ ސްކޫލަށް އެންރޯލްވެގެންދިޔައިރު، އޭގެ ތެރެއިން 77 އިންސައްތަ ދަރިވަރުން ނިސްބަތްވަނީ އަތޮޅު ތެރޭގެ ރަށްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝަހީދު އަލީ ސްކޫލް މާލޭގައި، ހުޅުމާލޭގެ ފޭސް 2 ގައި ބިނާވެފައިހުރި ނަމަވެސް އެ ސްކޫލަކީ މުޅި ރާއްޖޭގެ ހުރިހާ ރަށްތައް ޝާމިލްވާ ސްކޫލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝަހީދު އަލީ ސްކޫލްގެ 77 އިންސަައްތަ ދަރިވަރުން އަތޮޅުތެރެއަށް ނިސްބަތްވުމަކީ ނިސްބަތުން ވަރަށް ބޮޑު އަދަދެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސްކޫލް ނިސްބަތްކުރެވިފައިވަނީ ޝަހީދު އަލީ ރަސްގެފާނަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝަހީދު އަލީ ސްކޫލަށް އެނަން ދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝަހީދު އަލީ ސްކޫލަށް އެނަން ކިއުމުގެ ބޭނުމަކީ ދަރިވަރުންގެ ހިތުގައި ގައުމީ އަބްތާލުންގެ ޒިކުރާ އާލާވުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ގައުމީ އަބްތާލުންގެ ހިތްވަރުން ހިތްވަރު ލިބިގަނެ ގައުމައިގެން ކުރިއަށް ދިއުމުގެ ރޫހު ދަރިވަރުންގެ ކިބައިގައި އަށަގެންނެވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސްކޫލްގެ މޮޓޯގައިވާ ފަދައިން ހިތްވަރާއި އެކު ކިޔަވައި ރިވެތި އަހްލާގާއި އެކުގައިވާ ގޮތަށް އިސްނަގައިގެން ދަރިވަރުން ތަރުބިއްޔަތު ކުރެވިއްޖެނަމަ އަލިރަސްގެފާނުގެ ނަމޫނާ އިން ނަމޫނާ ލިބި އެމަނިކުފާނުގެ ހިތްވަރުފުޅުން ހިތްވަރު ލިބިގަނެ ހިތްވަރާއި ހިކްމަތާއި އެކު ރިވެތި އަހްލާގާއި އެކު ގައުމައިގެން ކުރިއަށްދާނެ ޖީލެއް ބިނާކުރެވިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ: ފުލުހުން
9 ގަޑިއިރު ކުރިން
-1788853503519.webp&w=3840&q=75)
އެންއެސްއައިޓީ ބެޗް 3: "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
9 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ މަހާސިންތާއެއް!
9 ގަޑިއިރު ކުރިން

ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
10 ގަޑިއިރު ކުރިން


