
ބައެއް ސްކޫލްތަކުގެ މުދައްރިސުންނާއި އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި

މުޙައްމަދު ފަޟްލޫން - 30 ނޮވެމްބަރު 2025 - 06:45
ބައެއް ސްކޫލްތަކުގެ މުދައްރިސުންނާއި އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީއު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރ ވަނީ ހުޅުމާލޭގެ 3 ސްކޫލެއްގެ މުދައްރިސުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ރެހެންދި ސްކޫލް، މުޙައްމަދު ޤާސިމް ޕްރީސްކޫލް, އަދި ޣާޒީ ސްކޫލްގެ މުދައްރިސުންނާ މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ.
މުދައްރިސުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި ބޭއްވި ޖަލްސާގައި މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މުދައްރިސުންނާ ހިއްސާކުރައްވައި މުދައްރިސުން ކުރަމުންގެންދަވާ ބުރަ މަސައްކަތަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޕޮލިސީތަކާ ގުޅޭގޮތުން މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމާ ފަންނީ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭކަމަށް ބުނެ ހިންގާ ސްކޭމްތަކަށް ސަމާލުވޭ: ފުލުހުން
9 ގަޑިއިރު ކުރިން
-1788853503519.webp&w=3840&q=75)
އެންއެސްއައިޓީ ބެޗް 3: "ކޭމްޕް ފަންވަރު" ކާމިޔާބުކަމާއެކު ނިންމާލައިފި
9 ގަޑިއިރު ކުރިން

ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްޞަ މަހާސިންތާއެއް!
9 ގަޑިއިރު ކުރިން

ލ. ގަމުގައި އިމާރާތްކުރާ 100 ހައުސިން ޔުނިޓުގެ 95 އިންސައްތަ މަސައްކަތް ނިމިއްޖެ
9 ގަޑިއިރު ކުރިން


