.jpg&w=3840&q=75)
ސްކޫލް ޔުނިފޯމަށް ގެންނަ ބަދަލާއިއެކު ޔުނީފޯމް ހޯދަން ފަސޭހަވާނެ: އެޑިއުކޭޝަން

ޝަހްޒާ މުޙައްމަދު - 04 ޑިސެމްބަރު 2025 - 14:01
ސަރުކާރު ސުކޫލްތަކުގެ ރަސްމީ ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމަށް، 2027އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުތަކާއެކު، ޔުނިފޯމް ހޯދުމަށް ފަސޭހަ ވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު" ނެރެފައެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ދިރާސީ އަހަރުން ފެށިގެންނެވެ. މިނިސްޓްރީން މި އުސޫލު އެކުލެވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ޔުނީފޯމު ވަކި ކުލަތަކެއްގައި އެއްގޮތް ކުރުމަށެވެ. އެއާއެކު ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުން ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝައިފީޢު ސޮއި ކުރައްވައި ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރު ސްކޫލުތަކުގައި ދަރިވަރުން ބޭނުން ކުރާ ޔުނިފޯމަކީ، ދަރިވަރުން އުނގެނުމުގެ މާހައުލުގައި ފަސޭހަކަމާ އެކު ހެލިފެލިވެ އުޅެވޭނެ، ގަޔަށް ފަސޭހަ، އެއްޗަކަށް ވާން ޖެހޭ ކަމަށެވެ. އަދި، ބެލެނިވެރިންނަށް ފަސޭހަކަމާ އެކު ޔުނިފޯމު ލބުމުގެ މަގުފަހިކޮށްދޭން އިސްކަންދޭ ކަމަށާއި ޔުނިފޯމުގައި އެއްމިންގަނޑެއް ހިފެހެއްޓުމަކީ ސިޔާސަތު ކަމަށް ވިދާޅުވި ވެ.
އެގޮތުން ޔުނިފޯމުގެ މަތީ ބައިގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައި ވާނީ، މިނިސްޓްރީގެ ކުލަ އާއި ޤައުމީ ދިދައިގެ ކުލަތަކަށް ނިސްބަތްވާ ގޮތަށް ކަމަށް ބުންޏެވެ. އަދި ޔުނިފޯމްގެ ތިރީ ބައިގައި ގަދަ ލަތަކެއްގައި ބެހެއްޓުމަށް ކަމަށެވެ.
ސަރުކާރު ސްކޫލްތަކުގެ ޔުނީފޯމަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި، އެންމެ ބޮޑު ބަދަލެއް ގެނައީ ރަސްމީ ޔުނީފޯމަށެވެ. ރަސްމީ ޔުނީފޯމުގެ ކުލައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ ހަތަރު ކުލައެކެވެ. އެއީ، ހުދާއި ސްކައި ބްލޫ އާއި ޓީ ގްރީން އާއި ލައިޓް ރެޑެވެ. ރަސްމީ ޔުނީފޯމުގެ ތިރި (ފަޓްލޫނާއި ސްކާޓާއި ސޯޓް) ގެ ކުލަ އަކީ ކަޅު ނޫނީ ނޭވީ ބްލޫ އެވެ.
މި އުސޫލުގައިވާ ގޮތުން، ޔުނީފޯމާ އެކީ ސްކާޓު އެކަނި ލެވޭނީ ހަމައެކަނި ބޭބީ ނާސަރީން ފެށިގެން ތިންވަނަ ގުރޭޑާ ހަމައަށް ކިޔަވާ ދަރިވަރުންނަށެވެ. ބުރުގާ ނާޅާ ދަރިވަރުން ސްކާޓާއެކު ހަރުވާޅު ލާން ޖެހޭނެއެވެ. އަދި، އެ ކުދިންގެ ގަމީހުގެ އަތްކުރުކޮށް ވެސް އަދި ދިގުކޮށް ވެސް ބެހެއްޓުމުގެ އިޙުތިޔާރު ދީފައިވެއެވެ.
ބުރުގާ އަޅާ ދަރިވަރުންނަށް ސްކާޓްލުމާއި ނުލުމުގެ އިހުތިޔާރު ދީފައިވެއެވެ. އަދި، ސްކާޓުގެ ދިގުމިނުގައި ކަކުލުން ތިރިއަށް ދެ އިންޗި ހުންނައިރު އޭގެ ދަށުން ހަރުވާޅު ލާ ގޮތަށް ލާޒިމުކޮށްފައިވެއެވެ. ބުރުގާ އަޅާ ކުދިން ސްކާޓް ނުލާ ނަމަ، ބެގީ ނުކުރާ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވެއެވެ. އަދި، ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ފޫކޮޅަށްވުރެ 2-4 އިންޗިއާ ދެމެދު ދިގުކޮށް ކަމަށް ވެސް އާ އުސޫލުގައި ބުނެފައިވެއެވެ.
ސްކޫލުތަކުގައި ރަސްމީ ޔުނީފޯމާ އެކު ބޭނުންކުރާ ބުރުގާ ހުންނަން ވާނީ ނޭވީ ބްލޫ ނުވަތަ ރޯޔަލް ގްރީން ނުވަތަ ޑާކް ރެޑް ނުވަތަ ހުދު ކުލައިގައެެވެ.މީގެ އިތުރުން ވެސް މިނިސްޓްރީން ބުނީ، ޔުނީފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ މިނިސްޓްރީގެ ކުލައާއި ގައުމީ ދިދައިގެ ކުލަތަކާ ގުޅުވުމަށް ކަމަށެވެ. އަދި ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށެވެ. އެ ބަދަލާ އެކު، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެތް ނެތް ކަޅު ކުލައިގެ ޓްރެކްސޫޓު ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރު ސްކޫލުތަކުގެ ޔުނިފޯމު އުސޫލަށް ބަދަލުތައް ގެނައުމުގައި ސްކޫލުތަކުގެ އިސްވެރިންނާ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވެ އެވެ.
ސަރުކާރު ސްކޫލްތަކުގެ ދަރިވަރުން 2027 އިން ފެށިގެން ބޭނުންކުރަންޖެހޭ އެކްޓްވިޓީ ޔުނީފޯމުތަކުގެ މަތި (ޓީޝާޓް) ހުންނަންވާނީ ނޫ ނުވަތަ ފެހި، ރަތް އަދި ސްކޫލްގެ ކުލަ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. އަދި، އެކްޓިވިޓީ ޔުނީފޯމުގެ ތިރި (ސޯޓު/ޓްރެކްސޫޓް/ސްކާޓް) ހުންނަންވާނީ ކަޅު ކުލައިގައެވެ.އެކްޓިވިޓީ ޔުނީފޯމާ އެކު ތިރިއެއް ލާނަމަ ބޭނުންކުރާނީ ކަޅު ކުލައިގެ، ތިން އިންޗީގެ ފުޅާ މިނުގައި އާދައިގެ ރޫ ނަގާފައި ހުންނަ ސްކާޓެކެވެ. ކަކުލާ ހަމައަށް ހުންނަން ޖެހޭ އެ ސްކާޓުގައި އެއްވެސް ލޯގޯއެއް އެއްޗެއް ބޭނުމެއް ނުކުރެވޭނެ ކަމަށާއި ކީ ސްޓޭޖް އެކެއްގެ ދަރިވަރުން ފިޔަވާ ހުރިހާ އަންހެން ކުދިން ސްކާޓް ލާނަމަ ހަރުވާޅު ނުވަތަ ޓްރެކްސޫޓެއް ލާން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
ސްޓޭޖު އެކެއް އަދި ދޭއްގެ ދަރިވަރުން ގަމީސް ހުންނަންވާނީ ދަށަށް ޖަހާފައެވެ. ބެޖު ހުންނަންޖެހޭނީ ޖީބުގައި ހަރުކޮށްފައެވެ. މި ދަރިވަރުން ޓައީ އަޅާކަށް ނުޖެހޭނެއެވެ. އަދި، ކީ ސްޓޭޖް ތިނަކާއި ހަތަރެއްގެ ދަރިވަރުން ޔުނީފޯމާއެކު ޓައި އަޅާނީ ސްކޫލުން ބޭނުންވާ ނަމައެވެ. އެހެންނަމަވެސް ކީ ސްޓޭޖް ފަހެއްގެ ދަރިވަރުންނަށް ޓައީއަކީ ޔުނީފޯމުގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ޓައި ބޭނުން ކުރެވޭނީ ސްކޫލު ކުލައިގެ އިތުރުން ނޫ، ފެހި، ރަތް ކުލައިގެ ތެރެއިން އެ ސްކޫލަކުން ކަނޑައަޅާ ކުލައެއްގައެވެ. އަދި، ޓައީގައި ވެސް ބެޖު ހަރުކޮށްފައި ހުންނަންޖެހެއެވެ.
ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖް އެކެއްގެ ފިރިހެން ދަރިވަރުން ކަކުލުން ތިރިއަށް ހުންނަ ކަޅު ސޯޓު ލާއިރު، އަންހެން ދަރިވަރުންނަށް ބޭނުންކުރެވޭނީ ސްކާޓް ނުވަތަ ފަޓުލޫނެވެ. އަދި، ސްކާޓާ އެއްކޮށް ހަރުވާޅު ވެސް ބޭނުން ކުރެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
ފައުންޑޭޝަން ނުވަތަ ކީ ސްޓޭޖު އެކެއްގެ ދަރިވަރުން ފިޔަވާ އެހެން ސްޓޭޖުތަކުގެ އަންހެން ދަރިވަރުން ގަމީހުގެ ދިގުމިން ހުންނަން ޖެހޭނީ ބުޑުގެ ތިރިން، 2-4 އިންޗިއާ ދެމެދު ދިގުކޮށެވެ.
ޔުނީފޯމާ އެކު ސްކާޓްލާ ދަރިވަރުން ހަރުވާޅުލާން ޖެހޭނެއެވެ. ސްކާޓް ހުންނަން ޖެހޭނީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަ ވަރަށެވެ.
އުސޫލުގައި ބުނާގޮތުން ހުރިހާ ދަރިވަރުން ވެސް ބޭނުންކުރަން ޖެހެނީ އެއްވެސް ޑިޒައިނެއް ނުހުންނަ ކަޅު ބެލްޓާއި، ކަޅު އިސްޓާކީނެވެ. އަދި ބޭނުންކުރަންޖެހޭނީ ކަޅު ބޫޓެވެ. އެހެން ނަމަވެސް އެކްޓިވިޓީ ޔުނީފޯމާއެކު ސްޕޯޓްސް ބޫޓެއް ބޭނުންކުރެވިދާނެއެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސަރުކާރު ސްކޫލުތަކުގެ ޔުނިފޯމު އުސޫލަށް ބަދަލުތައް ގެނައުމުގައި ސްކޫލުތަކުގެ އިސްވެރިންނާ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވެއްޖެ
8 ގަޑިއިރު ކުރިން

ހުޅުމާލެ ފޭސް 3 ބިން ހިއްކުމުގެ މަސައްކަތުގެ 49.2 އިންސައްތަ ނިމިއްޖެ
11 ގަޑިއިރު ކުރިން

ދިރާގު ޕޭގެ ނަމުގައި ސްކޭމެއް، ސަމާލުވޭ!
12 ގަޑިއިރު ކުރިން

ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި
14 ގަޑިއިރު ކުރިން


