
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން / ފޮޓޯ: އަސްލު ޓީވީ
އިގްތިސާދީ މަސައްކަތްތަކަށްވެސް ރަސްމާލޭގެ ބިން މުހިއްމު: އަލީ ހުސެއިން

މުޙައްމަދު ފަޟްލޫން - 25 ނޮވެމްބަރު 2026 - 07:09
ރަސްމާލޭގެ ބިމަކީ ރާއްޖޭގެ އިގްތިސާދީ މަސައްކަތްތައް ފުޅާކުރުމަށް އޮތް މުހިންމު ފުރުސަތެއް ކަމަށާއި، އެ ބިން ބޭރުގެ ކުންފުންޏަކަށް ދިނުމުގެ ބަދަލުގައި ދިވެހި ވިޔަފާރިވެރިންނަށް ކުއްޔަށް ދިނުމަށް ގައުމީ ހަރަކާތުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ގޮވާލައްވައިފިއެވެ.
ރަސްމާލެ މަޝްރޫއުގެ ތެރެއިން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި ގައުމީ ހަރަކާތުން ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ކޮންމެ އިގްތިސާދީ މަސައްކަތަކަށްވެސް އެންމެ އަސާސީ އެއް ބަހާއަކީ ބިން ކަމަށެވެ.
ބޭރު ފަރާތްތަކަށް ބިން ދިނުމުގެ ބަދަލުގައި، އިންވެސްޓްކުރަން ބޭނުންވާ ދިވެހި އަމިއްލަ ވިޔަފާރިތަކަށް އެ ފުރުސަތު ހުޅުވާލުމަކީ ގައުމުގެ އިގްތިސާދަށް އެންމެ ފައިދާހުރި ގޮތް ކަމުގައި އޭނާ ވިދާޅުވިއެވެ.
ސަރުކާރުގެ އަސާސީ ޒިންމާއަކީ ވަޒީފާތަކަށް މީހުން ނެގުމަށްވުރެ ބޮޑަށް، އިގްތިސާދީ ހަރަކާތްތަކުގެ ތެރެއިން ވަޒީފާގެ ފުރުސަތުތައް އުފެއްދޭނެ މާހައުލެއް ބިނާކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ރަސްމާލެއިން ބޯހިޔާވަހިކަން ހޯދުމަށް 58،000 އަށްވުރެ ގިނަ ރައްޔިތުން ފޯމު ހުށަހަޅާފައިވާކަން ފާހަގަކުރައްވައި، އެ ފަރާތްތަކުގެ އިހުސާސްތަކަށް ސަރުކާރުން އިހުތިރާމުކުރަންޖެހޭނެ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
ބޭރުގެ ބަޔަކަށް ރަސްމާލޭގެ ބިން ދިނުމަކީ ގައުމީ މަސްލަހަތާ ފުށުއަރާ ކަމެއްގެ ގޮތުގައި ގައުމީ ހަރަކާތުން ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަސްމާލޭގެ ބިން ބޭނުންވާ އަދި އެބިން ގަނެވޭނެ ވަރުގެ ދިވެހި ރައްޔިތުން ތިބިކަން ތަކުރާރުކޮށް ފާހަގަކުރައްވައި އަލީ ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އާއި ސަރުކާރަށް ރަސްމާލޭގެ ބިން ބޭރުގެ ފަރާތްތަކަށް ނުދިނުމަށް ގޮވާލައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ވައިގެ ސަރަހައްދަށް ވަދެއްޖެނަމަ ބޯޓުތައް ވައްޓާލާނެ ކަމަށް ބުނެ އީރާނުން އިންޒާރުދީފި
12 ގަޑިއިރު ކުރިން

އިލިޔާސް އިބްރާހީމަށް ދައުލަތުން ފައިސާ ދީފިނަމަ އެއީ ސީދާ ކޮރަޕްޝަން: މަލީހް
15 ގަޑިއިރު ކުރިން

މިއަދު ގާނޫނުތައް ހަދަނީ އަލް އައްބާރު ބުނާގޮތަށް: މައުރޫފް
16 ގަޑިއިރު ކުރިން

ނިލަންދޫގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަމަލުކުރި ބައެއްގެ މައްސަލަ ސާބިތުނުވި ނިންމުން އިސްތިއުނާފު ކުރަނީ
16 ގަޑިއިރު ކުރިން


