
ލ. އަތޮޅުގެ ދެވަނަ އެއާޕޯޓަށް ކަޅިއެއް!

އާމިނަތު ޝަޒްލާ - 18 އޯގަސްޓު 2026 - 13:38
ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމުގެ ވާހަކަ ފަލަ ސުރުޚީއަށް އެރީ ލ. ހިތަދޫ ކައުންސިލުން 2023 ވަނަ އަހަރު އިސްވެތައްޔާރުކުރި ”މެންދޫ އެއާޕޯޓް“ ގެ ފީސިބަލް ސާރވޭއާ ގުޅިގެންނެވެ. މި ސާރވޭ ވެފައިވަނީ ލ. ހުޅަނގުބިތުގެ އުންމީދާއި އަޑުކަމުގައެވެ.
މި ޚަބަރަކީ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤުބޫލު އަދި މުރާލިކަމާއި ފޯރި ގެނުވި ޚަބަރެކެވެ. އެއީ މިސަރަޙައްދުގެ ރައްޔިތުން ދެކެމުންއައި އެންމެ ބޮޑު ހުވަފެނެވެ. މާޒީއަށް ބަލައިލާއިރު، ރާއްޖޭގައި އެތެރޭގެ އުދުހުންތަކަށް(ޑޮމެސްޓިކް) އެއާޕޯޓެއް އަޅަން އެންމެ ފުރަތަމަ ނިންމެވި ރަށަކީވެސް ލ. މެންދޫ ކަމުގައި ފާހަގަކޮށްލާން ޖެހެއެވެ. ތާރީޚާއިމާޒީގެ ޙަޤީޤަތް ދެނެގަތުމަށްޓަކައެވެ.
ެއާޕޯޓެއްގެ ހުވަފެނަކީ މީގެ އެތަށް އަހަރު ކުރިން ހިތަދޫ ރައްޔިތުންގެ ހިތްތަކުގައި އޮތް ވަރަށްބޮޑު ހުވަފެނެކެވެ. މިއަދާޖެހެންދެންވެސް ހިތަދޫ ރައްޔިތުން އުންމީދު ކުރަމުން އައީ މި ހުވަފެން ކޮންމެވެސް އެއްދުވަހަކުން ހަގީގަތަށް ވާނެ ކަމުގައެވެ.މިގޮތުން މިއަދާ ޖެހެންދެންވެސް އަޑު އުފުލެން އޮތް ކޮންމެ ދިމާއެއްގައި ހިތަދޫރައްޔިތުންނާއި ސަރަޙައްދުގެ ރައްޔިތުން ދިޔައީއަޑު އުފުލަމުންނެވެ. ވެރިކަމަށް ކުރިމަތިލައްވައިގެން ވަޑައިގަންނަވާ ކޮންމެ ކެނޑިޑޭޓެއްގެ ފައިންޕުޅުގައި ސަލާމް ޖަހަމުންދިޔައީ ސަރަޙައްދުގެ ކުރިއެރުމަށް އެއާޕޯޓެއް އަޅުއްވައި ދެއްވުމަަަށެވެ. ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅުއްވަން އިއުލާންކުރައްވަން ޖެހުނު މައިގަނޑު ސަބަބަކީވެސް ހިތަދޫއިން ކުރި މަސައްކަތުގެ ނަތީޖާއެވެ. މިއީ ދޮގު ނުކުރެވޭނެ ހަގީގަތެކެވެ.ވޭތުވެދިޔަ ދެދައުރުގައިވެސް އެއާޕޯޓެއް އަޅުއްވައިދެއްވުމަށް އެދި އެތައް މަސައްކަތެއް ކުރިއެވެ. ރައީސް ޔާމީން ދެވަނަދައުރަކަށް ކެމްޕޭން ކުރެއްވި ދުވަސްވަރު، ހިތަދޫއަށް ވަޑައިގަތުމުންވެސް، ހިތަދޫން ވެދުމަށް އެރުވީ މަތިންދާ ބޯޓެކެވެ.
ހިތަދޫ ކައުންސިލުން ވަނީ ލ.މެންދޫގައި އެއާޕޯޓެއް އެޅުން ފީސިބްލްތޯ ބެލުމަށް ދިރާސާކޮށް، އެ ދިރާސާ އޭރުގެ ރައީސްއިބްރާހިމް މުޙައްމަދު ޞާލިޙަށާއި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށްވެސް އަރުވާފައެވެ. 2023 ވަނަ އަހަރުގެރިޔާސީ ކެމްޕޭންގެ ދުވަސްވަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހިތަދޫއަށް ވަޑައިގެން މި ސަރަޙައްދުގައި (މާވަށްފަޅުގައި) އެއާޕޯޓެއް އަޅުއްވާނެ ވާހަކަ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ފާހަގަކޮށްލެވޭ އެންމެ މުހިއްމު ކަމަކީ ލ.މެންދޫގައި އެއާޕޯޓެއް އަޅައިފިނަމަ ލިބިގެންދާނެ ފައިދާތަކަށެވެ. ގިނަރައްތަކުގައި އާބާދީ ބޮޑުނަމަވެސް ރަށުގައި ދިރިއުޅެނީ މަދު ބައެކެވެ. ނަމަވެސް ހިތަދޫގެ އާބާދީ 1300 އިން މައްޗަށްގޮސްފައިވާއިރު %95 އިންސައްތަ މީހުން ދިރިއުޅެނީ ރަށުގައެވެ. އަދި މީގެ އިތުރުންވެސް ރަށުގެ ރައްވެހިކަމުގެ ލިސްޓުގައިނުހިމެނޭ އެތައް ބަޔަކު މިހާރުވެސް ހިތަދޫގައި ދިރިއުޅެމުން ގެންދެއެވެ. ކޯޒްވޭއިން ހިތަދޫއާއި ކުނަހަންދޫ ގުޅާލުމުން މި ދެރަށުގެއާބާދީ 2500 އިން މައްޗަށްދާނެއެވެ.
ހިތަދޫގެ ކުރިމަތީގައި މާމެންދޫ އޮތް އިރު، އެރަށުގެ މީހުންނަށް 3 މިނިޓުން އާދެވެއެވެ.މިހާރުވެސް ހިނގަމުންދާ ލ. އަތޮޅުގައި އޮތް ހަމައެކަނި 2 ރިސޯޓްވެސް އޮތީ ހިތަދޫ ކައިރީގައެވެ. މި ދެ ރިސޯޓުގެމުވައްޒަފުންނަކީވެސް ޞިއްޙީ ފަރުވާ ހޯދުމަށާއި ޟަރޫރީ އެހެން ބޭނުންތަކުގައިވެސް ހިތަދޫއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ 2ރިސޯޓެވެ. ހަމައެއާއެކު އެއާޕޯޓެއް ހޯދުމަށް ދެން އެންމެ މަސައްކަތް ކުރަމުން އަންނަ މާވަށާއި އެންމެ ކައިރީގައިވެސް މީހުންދިރިއުޅޭ ރަށަކަށް އޮންނަނީ ހިތަދޫއެވެ.
މާވަށުން ލޯންޗެއްގައި 20 މިނިޓުން ހިތަދޫއަށް އާދެވެއެވެ. އެހެންކަމުން ހިތަދޫ-ކުނަހަންދޫ އާއި ކޯޒްވޭއަކުން ގުޅާލެވޭ މެންދޫގައި އެއާޕޯޓެއް އެޅުމަކީ މީހުންދިރިއުޅޭ 4 ރަށާއި 2 ރިސޯޓުގެ މުވައްޒަފުންނަށްލިބިގެންދާނެ ވަރަށްބޮޑު ފަސޭހައަކަށް ވެގެންދާނެއެވެ. އަދި މެންދޫގައި އަޅާ އެއާޕޯޓަކީ އިޤްތިޞާދީ ގޮތުން ފައިދާ ކުރާނެ.އެއާޕޯޓަކަށް ވެގެން ދާނެއެވެ.
މިހާރު ލ. އަތޮޅުގައި އޮތް އެއާޕޯޓު (ކައްދޫ) އަށް ދިއުމަށްޓަކައި ކުރިން ދެންނެވުނު 4 ރަށުގެ މީހުންނާއި 2 ރިސޯޓްގެފަތުރުވެރިން ދަތުރުކުރަން ޖެހެނީ ގާދޫ ކަނޑުގެ ބޮޑެތި ރާޅުތައް ހުރަސްކޮށެވެ. ގާދޫ ކަނޑަކީ ކަނޑު މަޑު ދުވަސްވަރުގައިވެސްގަދަ ކަނޑެކެވެ. ވިއްސާރަ ވެއްޖެނަމަ ގާދޫކަނޑު ހުރަސްކޮށް ދަތުރުކުރުމަކީ ކުރެވޭވަރުގެ ކަމެއް ނޫނެވެ. ދަތުރުކޮށްދޭނެއުޅަނދެއްވެސް ނުލިބެއެވެ.
ހިތަދޫއަކީ ބިމުގެ ގޮތުން މުއްސަނދި ރަށެކެވެ. ބިމުގެ ބޮޑުމިނުގައި 116 ހެކްޓަރު ހުރެއެވެ. މިހާރު އަޅަމުންދާ ކޯޒްވޭ ގުޅާލުމުންހިތަދޫއާއި ކުނަހަންދޫ އަދި މެންދޫ އެއްފަސްވެ، މި މަސަޙައްދަކީ އިޤްތިޞާދީ ގޮތުން ބާރުވެރި ކުރެވޭނެ ސަރަހައްދެކެވެ.ނަމަވެސް ސަރުކާރުން އެހީތެރިވެދީފިނަމައެވެ. ހިތަދޫގެ ރައްޔިތުންނާއި މި ސަރަޙައްދުގެ ރައްޔިތުން ތިބީ މި ސަރަޙައްދުގެތަރައްޤީއަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވުމަށް ތައްޔާރަށެވެ.
މިއަދުގެ ޕީއެންސީގެ ސަރުކާރުން (2026 ވަނަ އަހަރު ޖުލައި މަހުގެތެރޭގައި) ވަނީ ، ލ. އަތޮޅުގެ ދެވަނަ އެއާޕޯރޓް، ލ.އިސްދޫގައި އަޅުއްވަން ނިންމަވައި އެކަން އިޢުލާންކުރައްވާފައެވެ. މި ނިންމެވުމުގެ ޚަބަރު ވެގެންދިޔައީ، މީގެ އެތައް އަހަރެއްކުރިން ލ.ހިތަދޫ ރައްޔިތުންނާއި މި ސަރަޙައްދުގެ ރައްޔިތުން ދެކެމުން އައި ތަޞައްވަރާއި އުންމީދުތަށް ފުނޑުފުނޑުވެގެން ދިޔަޚަބަރަކަށެވެ. އަދި ނިންމެވުމާގުޅިގެން މި ސަރަޙައްދުގެ ރައްޔިތުންގެ އުދާސްތައް އެކި މަންސަތަކުގައި ކެކިގެން ދިޔައެވެ. މިހިތްދަތި ޚަބަރާއެކު، ކާބަފައިންގެ ޒަމާނުއްސުރެން ދެކެމުންއައި ހުވަފެނުގައި ޙަޤީޤީ ކުލަ ޖެއްސޭތޯ މިއަދުގެ ޖީލުން އަޑުއުފުލައިމަސައްކަތް ކުރުން މިވަނީ، މިއަދު ވަޠަނީ ވާޖިބަކަށް ވެފައެވެ.
ަރަށްގިނަ ސަބަބުތަކާހުރެއެވެ. ހައްދުންމަތީގެ އަތޮޅުވެރިކަން ހިތަދޫން ފޮނަދުއަށް ބަދަލުކުރެއްވުމާއި މެންދޫގައި އެޅުއްވުމަށްނިންމެވި އެއާޕޯޓް ކައްދޫގައި އެޅުއްވުމާއި ޖަޕާނު ސްކޫލު (އަތޮޅު މަދަރުސާ)މާބައިދޫގައި އެޅުއްވުމާއި ހިތަދޫގައި ހިންގަވަމުންގެންދިޔަ ސެންޓަރު (އަތޮޅު ހޮސްޕިޓަލު) ގަމުގައި އެޅުއްވުމާއި ސިފައިންގެ ރާޑަރު ސްޓޭޝަން އުވި ކައްދޫގައި ސިފައިންގެމަރުކަޒު އެޅުއްވުން ވެގެން ގޮސްފައިވަނީ މުޅި ހިތަދޫގެ ރައްޔިތުންގެ ހިތުގައި ފަސޭހަނުވެ ހުރި ޒަޚަމްތަކަކަށެވެ. ރަށެއްގެ ނުވަތަސަރަޙައްދަކުން އިސްވެ ބަޔާންކުރެވުނު ފުރުޞަތުތައް ބީވެ ދިޔުމަކ ވަރަށް ހިތްދަތި ވޭންހުރި ތަޖުރިބާއެކެވެ. މި އުދާސްތަކާއެކުލ. ހުޅަނގު ގައި އާޕޯޓެއް އެޅުމުގެ ތަސައްވަރަކީ މުޅި މި ސަރަޙައްދުގެ އެންމެ ބާރު އަޑެވެ. އުންމީދަކީ އެއާޕޯޓެއްގެ ފަސޭހަމިސަރަހައްދަށް ވެސް ލިބިގެން ދިއުމެވެ.
ގުޅުން ހުރި ޙަބަރުތައް

ޖެންޑާ އިން ތުއްތު ކުއްޖާ ނެގި މައްސަލަ ދަނީ ދިރާސާ ކުރަމުން: އެޗްއާރުސީއެމް
4 ގަޑިއިރު ކުރިން
ޖަލުތަކަށް ވައްދާ ސިމްކާޑުތަކުގެ ވެރިންނަށް ފިޔަވަޅު އަޅަނީ
5 ގަޑިއިރު ކުރިން

ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ބޮޑު ސަރަހައްދަކުން ފެން ކަނޑާލައިފި!
5 ގަޑިއިރު ކުރިން

ޖިންސީ ގޯނާކުރިކަމަށް ބުނާ ޓީޗަރު 15 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި!
5 ގަޑިއިރު ކުރިން


