logo

11 އައިސް ޕްލާންޓެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: ވަޒީރު ޝިޔާމް

profile

މުޙައްމަދު ފަޟްލޫން - 12 އޯގަސްޓު 2026 - 13:46

11 އައިސް ޕްލާންޓެއްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ 5 އައިސް ޕްލާންޓްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަަމަށެވެ.

ރަށްރަށުގައި ގާއިމްކުރާ އައިސްޕްލާންޓްތައް އިތުރުވުމުގެ ސަަބަބުން މަހުގެ ތާޒާކަން އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަހުގެ ތާޒާކަން ރަނގަޅުވުމުން މަހަށް ރަނގަޅު އަގު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަހުގެ އަގު ރަނގަޅުކުރަން މަސްވެރިންނަށް ފަހި ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދޯނީގައި ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމް ގާއިމްކުރަން މިހާތަނަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުކުރާޙާ ގިނަ މަސައްކަތް މިސަރުކާރުން ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ލޮނެފެނުން މަސް ފިނިކުރެވޭ ނިޒާމް ގާއިމްކުރުމުގެ މަސައްކަތުގެ ސަބަބުން މަހުގެ ތާޒާކަން ދަމަހައްޓަން އެހީތެރިވެ މަސް ގަންނަ ފަރާތާއި ހިސާބަށް ދާއިރު މަސް ތާޒާކޮށް ހުރުމުން މަހަށް ދޭ އަގު ރަނގަޅުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319