logo

މަޖިލީހުގެ ދައުރު ދަންމާލައިފި

profile

މުޙައްމަދު ފަޟްލޫން - 12 އޯގަސްޓު 2026 - 13:19

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު، މި ހިނގާ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

މި ނިންމުން ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހެޅުއްވި މި އިސްލާހާ ގުޅޭގޮތުން ވިދާޅުވީ، ދައުރު އިތުރުކުރަން ނިންމެވީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ މުހިންމު މަސައްކަތްތައް ނިންމުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އަހަރެއްގެ ތެރޭގައި ޖަލްސާތައް ބޭއްވެނީ ތިން ދައުރަކަށް ބަހާލައިގެންނެވެ.

ދެވަނަ ދައުރުގެ ޖަލްސާތައް އާންމު އުސޫލުން ޖޫން 1 އިން އޯގަސްޓް 15 އަށް ކުރިއަށްދާއިރު، ގަވާއިދުގައިވާ މުއްދަތަށް މި ދައުރު ހަމަވާނީ ކުރިއަށް އޮތް ހޮނިހިރު ދުވަހަށެވެ. ނަމަވެސް، މަޖިލީހުގެ މަސައްކަތްތައް ހުރި ގޮތުން، މެންބަރުންގެ އަގުލަބިއްޔަތުން ދައުރުގެ މުއްދަތު އިތުރުކުރުމުގެ އިޚުތިޔާރު މަޖިލީހަށް ލިބިގެންވެއެވެ.

https://wamco.com.mv/
tel:+9607331319