
ދާނިޝް އެސްޓީއޯގެ ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވައިފި

އާމިނަތު ޝަޒްލާ - 01 ސެޕްޓެމްބަރު 2026 - 12:11
ދިވެހިރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުން އަލްއުސްތާޛު ދާނިޝް މުޙައްމަދު އަމީން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، މއ. މާންދޫގޭދެކުނުގެ، އަލްއުސްތާޛު ދާނިޝް މުޙައްމަދު އަމީން އެސްޓީއޯގެ ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އޭނާ އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ.
އަލްއުސްތާޛު ދާނިޝް މުޙައްމަދު އަމީން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރައްވާފައިވަނީ 17 ޑިސެމްބަރު 2023 ގައެވެ. ބޯޑު މެންބަރެއްގެ ހައިސިއްޔަތުން އޭނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެސްޓީއޯއިން ވަނީ އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، ދާނިޝް އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި ޑިރެކްޓަރުންގެ ބޯޑުގެ މަޤާމަށް، ކަމާގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އައު ބޭފުޅަކު ޢައްޔަނުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯއިން ވަނީ މަޢުލޫމާތު ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

ނޯވޭގެ ރަސްގެފާނު ހާކޮން 8 ވަނައަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
16 ގަޑިއިރު ކުރިން

މިސްކިތްތަކުގެ ލައިޓްތައް ވަގަށްނަގާތީ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި
16 ގަޑިއިރު ކުރިން

ނޭޕާލްގެ ފެންބޮޑުވުން: ހޮހަޅަތަކުގައި ތާށިވި މީހުން ސަލާމަތްކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް!
16 ގަޑިއިރު ކުރިން

މިފްކޯގެ ޗެއަރމަން ކަމަށް ފާއިޒް އައްޔަނުކޮށްފި
17 ގަޑިއިރު ކުރިން


