logo

ހުޅަނގު އައްސޭރީގެ ތަޔާސީރް އަވަށުގައި އިސްތިއުމާރީ ސިފައިންގެ 2 މީހުން މަރާލައި 6 މީހުން ޒަޚަމްކޮށްލައިފި

profile

ސައިފް އަޒުހަރު - 04 ފެބްރުއަރީ 2025 - 07:11

ހިފާފައިވާ ހުޅަނގު އައްސޭރީގެ ތޫބާސް ޓައުންގައި ފަލަސްތީނުގެ މުޖާހިދުން ބަޑިޖަހައި، އިސްތިއުމާރީ ސިފައިންގެ 2 މީހުން މަރާލައިފިއެވެ.

https://wamco.com.mv/

މި ހަމަލާގައި އިތުރު 6 ސިފައިން ޒަޚަމްވި ކަމަށް ފަލަސްތީނު މީޑިއާއިން ރިޕޯޓް ކުރެއެވެ.

ފަލަސްތީނުގެ މުޖާހިދުން، ފަލަސްތީނުގެ ގަޑިން ފަތިހުގެ ވަގުތުގައި ބަޑިޖަހާފައިވަނީ ތޫބާސް ޓައުންގައި އުދުވާނު ހިންގަމުންގެންދާ އިސްތިއުމާރީ ސިފައިން ތަޔާސީރު އަވަށުގައި ޖަހާފައި ހުރި ޗެކްޕޮއިންޓަކަށެވެ.

މި ހަމަލާގައި ސިފައިންގެ ދެމީހުން މަރުވެ 6 މީހުން ޒަޚަމްވި ކަމަށް އިސްރާއީލުގެ މީޑިއާއިންވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އިސްތިއުމާރީ ސިފައިންނާ ދެމެދު ފަހުން ބަދަލު ކުރެވުނު ހަމަލާތަކުގައި ބަޑިޖެހި ފަލަސްތީނު މީހާ ވަނީ ޝަހީދުވެފައެވެ.

ފަލަސްތީނު މުޖާހިދުންގެ ބަޑީގެ ހަމަލާގައި މަރުވި އަދި ޒަޚަމްވި ސިފައިން އުފުލަން، އެ ހިސާބުގައި އިސްތިއުމާރީ ބާރުގެ ހެލިކޮޕްޓަރުތައް އުދުހެމުންދިޔަ މަންޒަރުތައް ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

އިސްތިއުމާރީ ސިފައިން އަރައިގަނެ، ހުޅަނގު އައްސޭރީގެ ޖެނީން ސިޓީއާއި، އެ ސިޓީގެ ތެރޭގައި އޮންނަ ޖެނީން ރެފިއުޖީ ކޭމްޕް އަދި ތުލްކަރަމްވެސް ސުންނާފަތިކޮށް އެތައްބަޔަކު ޝަހީދުކޮށް، ގެތަކާއި އިމާރާތްތައް ހަލާކުކޮށް ސުންނާފަތިކޮށް އެތައްހާސް އާންމުން މަގުމަތިކުރަމުން ގެންދާއިރު، އަތުޖެހުނު ބަޔަކު ގެންދަނީ ހައްޔަރު ކުރަމުންނެވެ.

ނުވިތާކަށް، ހުޅަނގު އައްސޭރީގެ އެހެން ރަށްތަކަށްވެސް އުދުވާނު ފުޅާކޮށް ބޮޑެތި ޖަރީމާތައް ހިންގަން ފަށާފައި ވެއެވެ.

ޖެނީންއާއި ތުލްކަރަމްއާއި އަދި ހުޅަނގު އައްސޭރީގެ އެހެން ރަށްތަކުގައިވެސް ފަލަސްތީނު މުޖާހިދުން ގެންދަނީ، އިސްތިއުމާރީ ސިފައިންނާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ. އަދި އެމީހުންނަށް ދެވުނު ގެއްލުންތަކެއް ދެމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay