.jpeg&w=3840&q=75)
އިސްރާއީލުން އަލްއަގްސާ މިސްކިތަށް ވަދެގަނެ، ހުރުމަތް ކަނޑައިފި

މުޙައްމަދު ފަޟްލޫން - 23 ޖުލައި 2026 - 13:29
އިސްރާއީލުގެ ހަރުކަށި 3,200 އަށްވުރެ ގިނަ ވަޒަންވެރިން، އިރުމަތީ ގުދުސްގައި ހުންނަ މުގައްދަސް އަލްއަގްސާ މިސްކިތުގެ ގޯތިތެރެއަށް ބާރުގެ ބޭނުންކޮށްގެން ވަދެގަނެ، އެތަނުގެ ހުރުމަތް ކަނޑައިފިއެވެ.
ފަލަސްތީނުގެ ގުދުސް ގަވަރްނަރޭޓުން މައުލޫމާތު ދީފައިވާ ގޮތުގައި، ޔަހޫދީންގެ ދީނީ މުނާސަބަތެއް ކަމަށްވާ "ތިޝާ ބީއާވް" ފާހަގަކުރުމުގެ ނަމުގައި، އިސްރާއީލުގެ ވަޒަންވެރިން ދަނީ ބޮޑެތި ގްރޫޕުތަކަކަށް ބަހާލައިގެން މިސްކިތުގެ ގޯތިތެރެއަށް ވަދެ، އިސްލާމީ މުގައްދަސް ބިނާއަށް އިހާނެތިކޮށް ހިތަމުންނެވެ.
އަލްއަގްސާ މިސްކިތަކީ ހަމައެކަނި މުސްލިމުން އަޅުކަންކުރުމަށް ހާއްސަވެފައިވާ ތަނަކަށްވީ ނަމަވެސް، އިސްރާއީލުގެ ފުލުހުންގެ ފުރިހަމަ ރައްކާތެރިކަމުގެ ދަށުން، ކޮންމެ ގްރޫޕެއްގައި ގާތްގަނޑަކަށް 150 މީހުން ހިމެނޭހެން ވަނީ މިސްކިތުގެ ގޯތިތެރެއަށް ވައްދާފައެވެ. މި މީހުން ވަނީ މިސްކިތުގެ އިރުމަތީ ފަރާތުގައި ބާރަށް ލަވަކިޔައި، ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
މި އަމަލުތައް ހިންގަމުން ދިޔަ ވަގުތު، އިސްރާއީލުގެ ސިފައިން ވަނީ އަލްއަގްސާ މިސްކިތުގެ ދޮރުތަކާއި، އިރުމަތީ ގުދުސްގެ ބާޒާރުމަތީ ސަރަހައްދުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ފަލަސްތީނުގެ މުސްލިމުން މިސްކިތަށް ވަނުން މަނާކޮށް ހުރަސްއަޅާފައެވެ. ގުދުސް ގަވަރްނަރޭޓުން ހާމަކުރި ގޮތުގައި، ފަތިސް ނަމާދަށް މިސްކިތަށް ވަނުމުގެ ފުރުސަތު ލިބުނީ ވަރަށް މަދު ބަޔަކަށެވެ. މީގެ އިތުރުން، މިސްކިތަށް ވަނުމަށް މަސައްކަތްކުރި ބައެއް ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލު ސިފައިން ހަމަލާދީ، އަނިޔާކޮށްފައިވާ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް
މިދިޔަ ހުރިހާ ސަރުކާރަަކަށްވުރެ މިސަރުކާރުގެ ދަރަނިބޮޑު: މޮސްޓާ
2 ގަޑިއިރު ކުރިން

އެކަނިވެރި މައިންބަފައިންނަށް މިދިޔަ މަހު އެހީގެ ގޮތުގައި 17.7 މިލިއަން ރުފިޔާ ދޫކޮށްފި
3 ގަޑިއިރު ކުރިން

އީރާނާ ދެކޮޅަށް ސިފައިން ނުފޮނުވުމަށް ގޮވާލައި ދެކުނު ކޮރެއާގައި މުޒާހަރާކޮށްފި
3 ގަޑިއިރު ކުރިން

މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
5 ގަޑިއިރު ކުރިން


