logo

މާދަމާ ބާރުބޮޑު ދުވަހެއް: ދުރާލާ އެއަރޕޯޓަށް ދިޔުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

profile

އައިޝަތު އިނާޝާ - 03 އޭޕްރީލު 2025 - 14:11

މާދަމާ ވެލާނާ އެއަރޕޯޓު ބާރުބޮޑުވާނެ ކަމަށް ލަފާކޮށް، ފުރަންދާ ފަރާތްތަކުން ދުރާލާ އެއަރޕޯޓަށް ދިދުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

އެމްއޭސީއެލްއިން ބުނިގޮތުގައި މާދަމާ މެނދުރު އެއަރޕޯޓު އާންމު އޮޕަރޭޝަނާއެކު ޢުމްރާއިން މީހުން އެނބުރި އަންނާނެ އެވެ. އެހެން ކަމުން އޮޕަރޭޝަންތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް އެއަރޕޯޓަށްދާ ފަރާތްތަކުން ވީހާވެސް އަވަހަށް ޗެކިން އަދި ސެކިއުރިޓީ ކްލިއަރެންސް ހެދުމަށް ވަނީ އެދިފައެވެ.

އެމްއޭސީއެލް އިން ބުނީ އެއްވެސް ފަރާތަކަށް އެހީތެރިކަން ބޭނުންވާ ނަމަ އެހީތެރިކަން ފޯރުކޮށްދޭން އެއަރޕޯޓުގައި މުވައްޒަފުން ތިބޭނެ ކަމަށެވެ.

އުމްރާއިން މީހުން އަންނަ ފްލައިޓުތައް ދެ ގަޑިއެއްގައި އަންނާނެއެވެ. އެއީ މެނދުރުފަހު 2:00 އާއި ހަވީރު 4:00 ގައެވެ. އެހެންކަމުން ދަތުރުފަތުރުގެ ކުރާފަރާތްތަކުން މިގަޑިތަކުގައި އެއަރޕޯޓުގެ ޓްރެފިކް ތޮަށްޖެހުން ކުޑަކުރުމަށް އެއްބާރުލުން ދިނުމަށް އެމްއޭސީއެލްއިން ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭން އުމްރާގެ އަޅުކަން އަދާކުރަންދާ ދިވެހީންގެ އަދަދު ދަނީ ދުވަހަކަށްފަހު ދުވަހެއް އިތުރުވަމުންދާއިރު، ކޮންމެ އަހަރަކުވެސް އުމްރާއަށް މީހުން ގެންދިއުމަށް ގިނަ ކުންފުނިތަކަކުން ހަރަކާތްތެރިވެއެވެ. އެގޮތުން މި ރަމަޟާން މަހު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޖުމްލަ 577 މީހުން ޢުމްރާގެ އަޅުކަން އަދާކޮށްފައިވެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay