ފްލޭޝް ކޯލްސް ގިނަ ބަޔަކަށް ނޭނގޭ! ޝިކާރައަކަށްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން: ފުލުހުން
އައިޝަތު އިނާޝާ - 27 ޖެނުއަރީ 2025 - 13:10
އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތަޢާރަފްކުރުމުން، ފްލޭޝް ކޯލްސްއަކީ ކޮންގޮތަކަށް ބޭނުންކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގި ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެކައުންޓް ކޮމްޕްރޮމައިޒްވެގެން ރިޕޯޓް ކުރާ މައްސަލަތަކުގެ އަދަދު މަދުވެއްޖެ ކަމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ވަނީ ހާމަކޮށްފައެވެ.
ފުލުހުން ބުނީ، އޯޓީޕީ ކޯޑު ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އެކައުންޓު ހެކްކުރަމުންދާ މައްސަލަތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކޮށް، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް މުއައްސަސާތަކާ ދައުލަތުގެ އެކި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ އެފަަދަ މައްސަލަތައް ރިޕޯޓުކުރާ އަދަދު ވަނީ އިންތިހާއަށް މަދުވެފައެވެ.
އޯޓީޕީ އޮތެންޓިކޭޝަންއަކީ އެކައުންޓުގެ ސެކިއުރިޓީއަށް މުހިންމު ފީޗަރއަކަށްވާއިރު، އޯޓީޕީ އޮތެންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތެންޓިކޭޝަން މެތަޑެއް މިހާރު ތައާރަފްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ޓެކްނޮލޮޖީ އުފެއްދި ފަރާތުން ބުނާގޮތުގައި މިއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތެންޓިކޭޝަން މެތަޑެކެވެ. އަނެއްބަޔަކު ދެކޭގޮތުގައި މި ބަދަލާއެކު ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިންތިހާއަށް އިތުރުވެގެންދާނެއެވެ.
ފުލުހުން ބުނިގޮތުގައި އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތައާރަފުމުން ގިނަ ކުންފުނިތަކުން މި އޮތެންޓިކޭޝަން މެތަޑަށް ކަސްޓަމަރ އޮތެންޓިކޭޝަން މިހާރު ދަނީ ބަދަލު ކުރަމުންނެވެ.
ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) ގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތެންޓިކޭޝަން މެތަޑެކެވެ. ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތެންޓިކޭޝަން މެތަޑް ހިޔާރުކުރަން ފަށާފައިވަނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) އަކީ އެސް.އެމް.އެސްގެ ޒަރިއްޔާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީއާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސް.އެމް.އެސްއަށް ކަސްޓަމަރު އަތުން އަގެއް ނަގާތީއެވެ.
މީގެ އިތުރުން އެސް.އެމް.އެސްގެ ޒަރިއްޔާއިން އޯޓީ.ޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތައް އޯޓީޕީ ރައްދުވުމުގައިވެސް ލަސްތަކެއް އުޅޭތީ ކަމަށް ވެއެވެ.
ނަމަވެސް ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތެންޓިކޭޝަން ޓެކްނޮލޮޖީއެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސްވެސް މެއެވެ. ފްލޭސް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތެންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ ތިޔަ ހިއްސާ ކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ.
ފުލުހުން ބުނިގޮތުގައި ޓެކްނޮލޮޖީއަށް މިއައި ބަދަލާއެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަން ފާށާފައިވާއިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅޭ އުކުޅުވެސް ބަދަލުކޮށްފިއެވެ. އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓްތައް ހިޞާރުކުރަން މިވަނީ ފަށާފައެވެ.
އެހެންކަމުން ފްލޭޝް ކޯލްސްއަކީ ކޮބައިކަމާއި، ފްލޭސް ކޯލްސް މަސައްކަތް ކުރާގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރި ބަޔަކަށް އަޅުގަނޑުމެން އެންމެން ވާން ޖެހޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެއްވެސް އިތުރު ފަރާތަކަށް ތިމާގެ ފޯނަށް ލިބޭ ކޯޑެއްވެސް، ގުޅާފައި އިން ނަންބަރެއްވެސް އަދި މިސްކޯލެއް ލިބިފައިއިން ނަންބަރެއްވެސް ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފްލޭޝް ކޯލްސްއަކީ ކޮބައިކަން ތިބާގެ އާޢިލާ މީހުންނާއި ރަޙްމަތްތެރިންނަށް ކިޔައިދީ ފްލޭޝް ކޯލްސްއާ މެދު ހޭލުންތެރި ބަޔަކަށް އެންމެންވެސް ހެދޭތޯ ފަރުދީ ޙައިސިއްޔަތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން