ކުރިއަށް އޮތް 24 ގަޑިއިރު ބައެއް އަތޮޅުތަކަށް ވިއްސާރަވާނެ - މެޓް
ޔޫޝައު ހަސަން - 12 އޭޕްރީލު 2023 - 07:59
މޫސުން ގޯސްވާނެކަމަސް ލަފާކޮށް މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.
ކުރިއަށް އޮތް 24 ގަޑި އިރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަ ވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފިއެވެ.
މެޓް އިން ބުނެފައި ވަނީ މިއަދުގެ ހެނދުނު 10:00 އިން މާދަމާގެ ހެނދުނު 10:00 އަށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
މި ވަގުތުތަކުގައި އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އިން ބުނެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 1-4 ފޫޓް ހުންނާނެ ކަމަށް ވެސް މެޓް އިން ބުނެފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން