
—-
މަސްކިރުވަން އިތުރު ބޯޓެއް މިފްކޯއިން ގެންނަނީ

އަހުމަދު ޒަލީފު - 16 ފެބްރުއަރީ 2023 - 10:20
ގިނައިން މަސްބާނާ ދުވަސްވަރު މަސް ކިރުވުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި މަސްކިރޭނެ އިތުރު ބޯޓުތައް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ ވިދާޅުވެފައިވަނީ މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެ، އެވްރެޖްކޮށް 800 ޓަނުގެ މަސް ކިރާކަމަށެވެ.
ފައުޒީ ވިދާޅުވީ، ގިނައިން މަސް ބާނާ ދުވަސްވަރު މަސްކިރުމުގައި ދަތިތަކެއް ހުންނަކަމަށެވެ. ސަބަބަކީ މިފްކޯއިން މަސްކިރުވޭ ކެޕޭސިޓީއަކީ ދުވާލަކު 600 ޓަނުކަމަށްވުމެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް މަސްކިރޭނެ އިތުރު ބޯޓުތައް ގެނައުމުގެ މަސައްކަތްކުރަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ.
2022 ވަނަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއިން ގަތް އަހަރުކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ބަލިމަޑު ކަމާ ހަނގުރާމައިގެ ސަބަބުން ދުނިޔެއާ ކުރިމަތިވި އިގްތިޞޯދީ ގިލަންވެރިކަމުން ރާއްޖެ އަރައިގަނެވުނު އެންމެ ބޮޑު ސިއްރަކީ ރާއްޖޭގެ ބޯޑަރު ބަންދުވި ހިނދު ، ވަށާ މިވާ މަސްކަނޑުތަކަށް ފެތުރިގަތް ދިވެހި މަސްވެރިން ކުރި ހިތްވަރާ ދެއްކި ފަންވަރުކަމުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވި ކަނޑުރޯދިން ދިވެހިންނަށް މިންވަރު ކުރެއްވި އިލާހީ ރަހުމަތްފުޅު ބޮޑުކަމުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ތާރީހުގަައި ވެސް އެންމެ ގިނަ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަރަކީ 2022 ވަނަ އަހަރު ކަމަށާއި 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކުރެވިފައި ވާކަމަށެވެ.
" މިދިޔަ އަހަރު މި މަޖިލީހުގާ އަޅުގަނޑު ދެންނެވި ފަދައިން ، 1 މާރިޗު 2022 ން ފެށިގެން މަސްގަންނަ އަގު ބޮޑު ކުރިން " ރައީސް ވިދާޅުވިއެވެ.
ހަމަ އެޔާއެއެކު ރައީސް ވިދާޅުވީ، މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާ ޔޫރަޕްގެ އިއްތިޙާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑުކަމަށާއި އެގައުމުތަކަށް ރާއްޖޭން އެކްސްޕޯރޓް ކުރާ މަހުގެ ޑިއުޓީ އަށް ލުޔެއް ލިބުމުގާ އިތުރަށް ގިރާކުރަން ޖެހޭ އޮޅިއެއް ދެން ނެތް ކަމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ސަފީރު އަބްދުއްރަހީމް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރާއި ބައްދަލުކުރައްވައިފި
4 ގަޑިއިރު ކުރިން

އަޅުކަން ކުރުމަކީ، ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަންވާނެ ކަމެއް ނޫން: ހުކުރު ހުތުބާ
4 ގަޑިއިރު ކުރިން

މާފަންނު ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
4 ގަޑިއިރު ކުރިން

ހަނގުރާމައާއި ގުޅިގެން ރާއްޖެ ބަނޑަކަށް ނުޖެހޭނެ: މިނިސްޓަރ ސައީދު
5 ގަޑިއިރު ކުރިން


.gif&w=3840&q=75)