logo

ޕެނަލްޓީގައި ކުރި ހޯދައިގެން ޕޯޗުގަލް ކުއާޓަރ ފައިނަލަށް

profile

ޒިދާން މުޙައްމަދު - 02 ޖުލައި 2024 - 08:26

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ 2024ގައި ސްލޮވީނިޔާ ބަލިކޮށް، މުބާރާތުގެ ކުއާޓަރ ފައިނަލުން ޕޯޗްގަލް ޖާގަ ހޯދައިފިއެވެ.

https://wamco.com.mv/

ޕޯޗްގަލް ކުއާޓަރ ފައިނަލަށް ދަތުރުކުރީ މެޗުގެ ފުރިހަމަ ވަގުތާއު، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފްގައިވެސް ދެޓީމްކުރެ ޓީމަކަށް ލަނޑެއް ނުޖެހުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެން. ޕެނަލްޓީގައި ސްލޮވީނިޔާގެ ތިން ކުޅުންތެރިޔަކު ޖެހި ޕެނަލްޓީވެސް ޕޯޗްގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ ނާކާމިޔާބުކޮށްލާފައެވެ.

ސްލޮވީނިޔާއިން ޕެނަލްޓީ ޖެހީ ޖޯސިޕް އިލިސިކް، ބަލްކޮވެޗް، އަދި ބެންޖަމިން ވާބިކް. ޕޯޗްގަލްއިން މެޗުގައި ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކުރިއެވެ. މިމެޗުގެ އިތުރު ވަގުތުގައި ޕޯޗުގަލްގެ ތަރި ކެޕްޓަން ކްރިސްޓިއާނޯ ރޮނަލްޑޯއަށް ލީޑު ނަގާނެ ފުރުސަތެއް ލިބުނެވެ.

ނަމަވެސް، ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފް ނިމެނިކޮށް ޕޯޗްގަލްއަށް ލިބުނު ޕެނަލްޓީ އޭނާއަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގައި ސްލޮވޭނިއާގެ ސެސްކޯ އަށް ވެސް ވަނީ ގޯލު ޖަހާ މެޗުގެ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.

ޕޯޗުގަލްގެ ޕެޕޭއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސެސްކޯ ބޯޅަ އާއެކު ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާގެ ތެރެއަށްވަދެ ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ކީޕަރު ޑިއެގޯ ކޮސްޓާ ވަނީ ދިފާއު ކޮށްފައެވެ. ކުޅުމުގެ ތެރެއިން 90 މިނިޓްގެ ތެރޭގައި ލީޑު ނަގާނެ ފަހި ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ.

ކުއާޓަރ ފައިނަލްގައި ޕޯޗްގަލް ވާދަކުރަން ޖެހޭނީ ގަދަބާރެއް ކަމަށްވާ ފްރާންސާއެވެ.

https://etukuri.mv/
https://www.aslu.com.mv