logo

މެންޗެސްޓާ ސިޓީ އަލުން އެއްވަނައަށް!

profile

އަހުމަދު ލައްމާހު އަޒީޒު - 01 މޭ 2023 - 06:43

އިގިރޭސި ޕްރިމިއާ ލީގުގައި މިރޭ 2-1 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށް މެންޗެސްޓާ ސިޓީ ލީގު ތާވަލުގެ އެއްވަނަ މަގާމަށް ކުރިއަށް ޖެހިލައިފި އެވެ.

https://wamco.com.mv/

ފުލަމް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑުނަގާ ކުރިހޯދީވެސް ޟެންޗެސްޓާ ސިޓީއެވެ، މެންޗެސްޓާ ސިޓީއަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ހޯދައިދިނީ ހާލަންޑް އެވެ. މެންޗެސްޓާ ސިޓީއިން މެޗުގެ ލީޑު ނަގާފައި ވަނިކޮށް ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ފުލަމް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކާލޯސް ވިނީޝިއަސް އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މެންޗެސްޓާ ސިޓީ އިން ވަނީ ،މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޖޫލިއަން އަލްވަރޭޒް އެވެ، ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަކުރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ވެފައި ނުވެއެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު 32 މެޗު ކުޅެގެން ސިޓީއަށް ލިބިފައިވަނީ 76 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި ފުލަމްއަށް 33 މެޗުން ލިބުނު 45 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލްގެ 10 ވަނައިގައެވެ.

https://etukuri.mv/
https://www.aslu.com.mv