logo

އިއްޒުއްދީން ފާލަމުގެ މަސައްކަތް ނުހުއްޓޭ: އެމްޓީސީސީ

profile

އާމިނަތު ޝަފާ - 11 ޖުލައި 2024 - 18:07

އިއްޒުއްދީން ފާލަން މަރާމާތުކުރާނެގޮތުގެ ކުރެހުމެއް

އިއްޒުއްދީން ފާލަން މަރާމާތުކުރާނެގޮތުގެ ކުރެހުމެއް

އިއްޒުއްދީން ފާލަން ތަރައްގީކުރުމުގެ މަސައްކަތް ހުއްޓިފައިވާކަމަށްބުނެ ފެތުރެމުންދަނީ ދޮގު ހަބަރުތަކެއްކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފިއެވެ.

އިއްޒުއްދީން ފާލަމުގެ ޑިޒައިނަށް ބޮޑު ބަދަލެއް ގެނައުމަށް ކުރިން ހުރި ފާލަން ރޫޅާލައި އަލުން ތަރައްގީކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ މެއި މަހު ކުރީކޮޅު އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަސައްކަތަށް ޖުމްލަ 11.7 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވެއެވެ.

އެމްޓީސީސީގެ ސީނިއާ އޮފިޝަލަކާ ހަވާލާދީ ބައެއް ނޫސްތަކުން ހަބަރުފަތުރާފައިވާގޮތުގައި ފާލަމުގެ މަސައްކަތްދަނީ ލަސް ދުވެއްޔެއްގައެވެ.

މިކަމާ ގުޅިގެން އަސްލު ޓީވީއަށް މައުލޫމާތުދެމުން އެމްޓީސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުރިއެކޭ އެއްގޮތަށް މަސައްކަތްދަނީ ކުރިއަށްކަމަށެވެ. ބޭރުން ގެންނަންޖެހޭ ފާލަމުގެ ބައެއް ސާމާނުތައް އައުމާއެކު މަސައްކަތުގެ ދުވެލި ހަލުވިވެގެންދާނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޒުއްދީން ފާލަން ރަސްމީކޮށް ހުޅުވީ 2015 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކޮށްފައިވާއިރު އެންމެ ފަހުން ފާލަން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

tel:+9607331319