logo

އަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާލާކަށް ނާންގަން: މުއްތަލިބު

profile

އާމިނަތު ޝަފާ - 30 ޖުލައި 2024 - 21:30

މިނިސްޓަރ މުއްތަލިބު

މިނިސްޓަރ މުއްތަލިބު

އެމް.ޓީ.ސީ.ސީ އާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެކަމަށް އިމާރާތްކުރުމާ ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 60 މަޝްރޫއެއް ހުއްޓަލަން އެންގިކަމަށްބުނެ ބައެއް ނޫސްތަކުގައި ފެތުރެމުންދާ ހަބަރުތަކާ ގުޅިގެންނެވެ.

މިނިސްޓްރީން އެމްޓީސީއަށް ފޮނުވި ސިޓީގައިވަނީ ރާއްޖެއަށް ދިމާވާ މާލީ ތާށިކަން ބޮޑުވެ މަޝްރޫއުތައް ރީ-ޕްރިއޮރަޓައިޒް ކުރުމަށް ވަގުތީގޮތުން މަޝްރޫއުތައް ހުއްޓާލުމަށް އަންގާފައެވެ.

މިވަގުތު އެމްޓީސީސީއާ ހަވާލުކޮށްފައި ހުރި މަޝްރޫއުތަކުގެ ލިސްޓެއްވެސް ސިޓީއާއެކު ފޮނުވާފައިވާއިރު އެ މަޝްރޫއުތައް މަޑުޖައްސާލަން އަންގާފައިވަނީ މިނިސްޓްރީން ވަކިގޮތެއް އަންގަންދެންނެވެ.

މިކަމާ ގުޅިގެން ވަޒީރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ ސޮއިކޮށް ޢަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތައް ނުފަށައި ޢަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދިނުމަށް ނިންމާފައިވާކަމަށެވެ. މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުމުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުވަނީ މިހާރު ކުރިއަށްދާ އެއްވެސް މަޝްރޫއެއްް ހުއްޓާނުލާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.

https://wamco.com.mv/
tel:+9607331319