logo

އޭދަފުށި ވެގެންދާނީ އާބާދީއާއި ތަރައްޤީ އެއްފަސްކުރެވޭނެ ނާރެހަކަށް: މިނިސްޓަރު މުއްތަލިބު

profile

ޝާމާ ޝުޢައިބު - 16 ނޮވެމްބަރު 2024 - 19:30

ޢިމާރާތްކުރުމާއި ބިނާރާބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް

ޢިމާރާތްކުރުމާއި ބިނާރާބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް

ބ. އޭދަފުށްޓަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރެވޭނެ ނާރެހަކަށް ވެގެން ދާނެ ކަމަށް ޢިމާރާތްކުރުމާއި ބިނާރާބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން 15 ފަންގިފިލާގެ 12 ޓަވަރު އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެކަން ކަނޑައެޅި މައިގަނޑު ސަބަބަކީ އޭދަފުށްޓަކީ ސަރުކާރުން ކަނޑައަޅާފައިވާ އަރބަން ސެންޓަރަކަށް ވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭދަފުށީގައި ތަރައްގީކުރާ 1000 ހައުސިން މަޝްރޫޢުގެ މަސައްކަތުގެ މިއެއްބަސްވުމުގައި ސޮއިކުރެވުމާއެކު މިމަޝްރޫއަށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކޮންޓްރެކްޓަރ ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއާއެކު ސަރވޭއާއި އެހެން މަސައްކަތްތައްވެސް ކުރެވިގެންދާނެ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އުއްމީދަކީ 2025 ވަނަ އަހަރު މިމަޝްރޫޢަށް ފައިސާ ހަމަޖެހި ޢަމަލީ މަސައްކަތް ފެށުން ކަމަށެވެ.

މިރަށަކީ އާބާދީއާއި ތަރައްޤީ އެއްފަސްކުރެވޭނެ ނާރެހަކަށްވެސް ވެގެންދާނެ ބ.އަތޮޅުގައި. އެއާ އެއްކޮށް ވަށައިގެން ގިނަ ޢަދަދެއްގެ ރިސޯޓު ހުރުމާއެއްކޮށް ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ވަޢުދެއްގެ ތެރެއިން، ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އެމަސައްކަތްކުރައްވާ ސަރަޙައްދުން ޢާއިލާއާއެކު ދިރިއުޅެވޭނެގޮތަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދާދެއްވުމުގެ ވަޢުދުގެތެރެއިން، އޭދަފުއްޓަކީ މިކަން ކުރުމަށް އެންމެ ރަނގަޅު އެއް ރަށެއްކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، - ޢިމާރާތްކުރުމާއި ބިނާރާބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް

އޭދަފުށީގައި 1،000 ހައުސިންގް ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް، ޗައިނާގެ ސިނޯހައިޑްރޯ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތުރުވެރިކަމުގެ ސިނާޢަތުގައި ވަޒީފާ އަދާކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ޚާއްޞަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަން ފަހިކޮށްދިނުމަކީ ދިވެހީންގެ ރާއްޖެ މެނިފެސްޓޯގެ މުހިންމު އަމާޒެކެވެ. ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ކަނޑައަޅާފައިވާ 40،000 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން އެންމެ އިސްކަންދޭ އެއް ރަށަކަށް އޭދަފުށި ހައްދަވާނެކަމަށް، މި އަހަރުގެ މާރިޗު މަހު އޭދަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މި ހިނގާ ނޮވެމްބަރު މަހު، "ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ސަރުކާރުން ހުށަހަޅުއްވާފައިވާ 2025 ވަނަ އަހަރުގެ ބަޖެޓު ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައެވެ.

https://wamco.com.mv/
tel:+9607331319