
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތިވެރި ސިފަ ލިބިގަތުމަށް މަގުފަހިކޮށްދޭ ކަމެއް: ހުކުރު ހުތުބާ

މުޙައްމަދު ފަޟްލޫން - 20 ފެބްރުއަރީ 2026 - 10:35
ތައުބާވުމަކީ ތަގުވާވެރިކަމުގެ މަތިވެރި ސިފަ ލިބިގަތުމަށް މަގުފަހިކޮށްދޭ ކަމެއްކަމުން ގިނަގިނައިން ތައުބާވުމަށް ހުކުރު ހުތުބާގައި މުސްލިމުންނަށް ހަނދާންކޮށްދީފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބަޔާންކުރި ގޮތުގައި، ކުރެވިފައިވާ ކުށްތަކާއި ފާފަތަކަށް ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ސާބިތުވެ ހުރުމަށް ލިބޭ ބޮޑު ބާރެކެވެ.
މިއަދުގެ ހުތުބާގައި ރަމަޟާން މަހުގެ މަތިވެރިކަމާއި އެ މަހުގެ ޚާއްޞަ ސިފަތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
އެގޮތުން، މި މައްސަރަކީ ކީރިތި ގުރްއާން ބާވައިލެއްވި، އަދި އަޅުކަންތަކުގެ ސަވާބާއި ޖަޒާ އެތައް ގުނައަކަށް އިތުރުކުރައްވާފައިވާ ބަރަކާތްތެރި މައްސަރެއްކަން ފާހަގަކުރިއެވެ.
ތައުބާވުމުގެ މާނައަށް ބަލާއިރު، އެއީ ކުރެވުނު ފާފަތަކުން ދުރުހެލިވެ، އެކަމާ މެދު ހިތުގެ އަޑިން ދެރަވެ ހިތާމަ ކުރުމާއެކު، ދެވަނަ ފަހަރަށް އެފަދަ ކަމަކަށް އަރައިނުގަތުމަށް ވަރުގަދަ އަޒުމެއް ކަނޑައެޅުމަށް ހުތުބާގައި ބުނެފައިވެއެވެ.
ހަމައެއާއެކު، އާދަމުގެ ދަރިއެއްގެ ހައްގަކަށް އަރައިގަނެވިފައިވާ ނަމަ، އެ ޙައްގެއް އަދާކޮށް މާފަށް އެދުމަކީ ތައުބާ ފުރިހަމަވުމުގެ ޝަރުޠެކެވެ.
މާތް ނަބިއްޔާ އަކީ އިސްވެދިޔަ ފާފައާއި ފަހުން އަންނަން އޮތް ފާފަ ފުއްސަވައިދެއްވާފައިވާ ބޭކަލަކަށް ވީ ހިނދުވެސް، ދުވާލަކު ހަތްދިހަ ފަހަރަށް ވުރެ ގިނައިން އިސްތިގްފާރު ކުރައްވައި ތައުބާވެވަޑައިގަންނަވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން، އާންމު ތަންތަނުގައި ފާޅުކަން ބޮޑު ގޮތެއްގައި ކެއިންބުއިމުގެ އިންތިޒާމުތައް ހަމަނުޖެއްސުމަށް މިއަދުގެ ހުކުރު ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު، ޝަރުޢީ އުޒުރެއް އޮތުމުން ރޯދަ ނުހިފާ ފަރާތްތަކުން ވެސް، މި މުގައްދަސް މަހުގެ ގަދަރާއި އިޙްތިރާމަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
ރަމަޟާން މަހު ރަސޫލާ އަޅުކަމުގައި ހޭދަކުރައްވާ ވަގުތު އިތުރުކުރައްވައި، ކީރިތި ޤުރްއާން މުދާރަސާކުރެއްވުމާއި ދީލަތިކަން އިތުރުކުރެއްވި ގޮތުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
މި މަހަކީ ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި، ޝައިޠާނުން ކަސްތޮޅު އެޅުވޭ މައްސަރަކަށް ވާތީ، މި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް. ބޭނުންކުރާ ކަމުގެ ތުހުމަތުގަ ހިންނަވަރުން މީހަކު ހައްޔަރަށް
ގަޑިއިރެއް ކުރިން

ރޯވި އަލިފާން، ނިއްވާލައިފި
ގަޑިއިރެއް ކުރިން

ވަންގަވް މެދުވެރިކޮށް 23 އިދާރާއަކުން 400 އަށްވުރެ ގިނަ ހިދުމަތް ދަނީ ފޯރުކޮށްދެމުން
ގަޑިއިރެއް ކުރިން

ސްކޭމްގައި ގެއްލުނު ފައިސާގެ ތެރެއިން 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)