
ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް އެމްއޭސީއެލް މެރިޓް އެވޯޑް ދީފި

މުޙައްމަދު ފަޟްލޫން - 02 އޭޕްރީލު 2026 - 13:38
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެރިޓް އެވޯޑް 2025 ، ސެންޓަ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ހަތަރު ދަރިވަރަކަށް މިއަދު އަރުވައިފިއެވެ.
އެމްއޭސީއެލް މެރިޓް އެވޯޑަކީ ދަރިވަރުންގެ ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކުރުމަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުން އަންނަ އެވޯޑެކެވެ.
މިއީ މި އެވޯޑް ދެމުން އަންނަ ތިންވަނަ އަހަރެވެ.
މި އެވޯޑް ދިނުމުގައި އިސްކަންދެނީ ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ ނަތީޖާ ހޯދާ ދެ އަންހެން ދަރިވަރުންނާއި ދެ ފިރިހެން ދަރިވަރުންނަށެވެ. އެވޯޑަށް ހޮވޭ ދަރިވަރުން ކަނޑައަޅަނީ ސީއެޗްއެސްއީގެ ފަރާތުންނެވެ.
ސީއެޗްއެސްއީގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީއެއްގައި މި އެވޯޑްތައް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަލީ ހުޒެއިމެވެ.
މި އެވޯޑާއެކު ކޮންމެ ދަރިވަރަކަށް ލެޕްޓޮޕަކާއި، ވައިފައި ޑިވައިސްއެއްގެ އިތުރުން އެއް އަހަރު ދުވަހުގެ ޑޭޓާ ޕެކޭޖާއި މަހުން މަހަށް ދެވޭ ފައިސާގެ އެލަވެންސެއް ލިބިގެންދާނެއެވެ.
މެރިޓް އެވޯޑުގެ އިތުރުން، 2023 ވަނަ އަހަރުން ފެށިގެން ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށްވެސް އެމްއޭސީއެލްއިން ފައިސާގެ އިނާމު ދެމުންގެންދެއެވެ.
އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެކުންފުނިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

2025 ވަނަ އަހަރު ޓީޓިގެ މުއާމަލަތްތަކަށް ބޭނުންވާ ޑޮލަރަށް %50 އާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ 2024 ވަނަ އަހަރާ ބަލައިރު ބޮޑު ކުރިއެރުމެއް: ޝަރީފް
7 މިނިޓު ކުރިން

ފަތުރުވެރިކަމުގެ ސިނާއަތަށް ދެއަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލަރު ދޫކުރިން: ބީއެމްއެލް
11 މިނިޓު ކުރިން

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި
15 މިނިޓު ކުރިން

އޯޓިޒަމް ހުންނަ ކުދިންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވައިފި
27 މިނިޓު ކުރިން


.gif&w=3840&q=75)